މާލެ ސަރަހައްދުގައި ރޭގަނޑު 20:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މާދަމާ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފިއެވެ.

ހެލްތް އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މާދަމާރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ރޭގަނޑު 20:00 ން ފެށިގެން ފަތިހު 05:00އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރެވިފައިވާކަމަށެވެ.

ނަމަވެސް މި އޮގަސްޓްމަހުގެ 4 ވަނަ ދުވަހު މާލެ ސަރަހައްދުގައި ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާ ގޮތަށް މިހާރުވެސް ބޭރަށް ނިކުމެ އުޅުން މަނާކުރެވިފައިވަނީ ހަމަ އެވަގުތުގެ ތެރޭގައެވެ. އަދި އެ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.

އަދި ކަނޑައެޅިފައިވާ ވަގުތުތަކުގައި ހުއްދައަކާއި ނުލައި ބޭރުގައި އުޅޭނަމަ ފިޔަވަޅުއަޅާނެކަން ފުލުހުންވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަދަހިކަޕް : ޕޮލިސްޓީމާ ވާދަކުރެވޭވަރުގެ ޓީމެއްނެތްކަން އެޓީމުން ދައްކައިފި

ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގެ ޕޮއިންޓް ސިސްޓަމަށް ކުޅުނު ފަހުމެޗްގައި ޓީމް އެކޭ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރުމަށްފަހު މިމުބާރާތުގައި ...

އަޑުބަރޭ ޖަލަށް ލާން ހުކުމް ކޮށްފި

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ...

ސައޫދީން ހަދިޔާކުރި ކަދުރު މީދޫގައި ބަހަން ފަށައިފި

އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މީދޫ ...