ކުޑަކާއްޓޭއާއި އެޑަމް  ސެންޓްރަލް ޒޯން މުބާރާތުން ރަން މެޑަލް ހޯދައިފި

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން  ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރާ  (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ރަން މެޑަލް ހޯދައިފި އެވެ.

(ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ރަން މެޑަލް ހޯދައިވަނީ މިއަދު ކުޅެވުނު ފައިނަލްމެޗްގައި ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނާރުއާ  ބައްދަލުކޮށް ސީދާ ދެސެޓުން މޮޅުވެގެންނެވެ. (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ފައިނަލްމެޗްގެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ ، 21-13، 21-19 އިންނެވެ.

މިއީ ސަރަހައްދީ ލެވަލްގެ މުބާރާތަކުން ރާއްޖެ އަށް ވޮލީބޯޅައިގައި ލިބުނު ފުރަތަމަ ރަން މެޑަލް އެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ބީޗް ވޮލީ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗު ފަށައިގެން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ފެނުނީ ރަނގަޅު ފޯމެއްގައި ކުޅެލިތަނެވެ. އެ ގޮތުން މެޗު ފަށައިގެން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ލީޑު ދަމަހައްޓައި، ފުރަތަމަ ސެޓުމާ ބޮޑު ޕްރެޝަރެއް ނެތި 21-13 އިން ހޯދިއެވެ.

ދެ ވަނަ ސެޓު ފަށައިގެން، ވާދަވެރިކުޅުމަކަށްފަހު 21-19 އިން (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން ސެޓްކާމިޔާބުކޮށް ރަންމެޑަލް ވަނީ ހޯދާފައެވެ.  

މި ފަހަރުގެ ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް އަދި ނޭޕާލްގެ އިތުރުން ދެން ވާދަކުރީ ކިރްގިސްތާނާއި ބޫޓާން އަދި ޕާކިސްތާން އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޯދީއާއެކު 46 ޤައުމެއްގެ ޢިއްޒަތްތެރިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ

އިންތިޚާބީ ރައީސްއާއި އިންތިޚާބީ ނާއިބު ރައީސް މަޤާމުގެ ހުވާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ...

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ދޫކޮށްލި ފުލުހުންގެ މައްސަލަ އެންއައިސީއަށް

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް ...