ޝީން އިން ރާއްޖެއަށް ފްރީ ޝިޕިންގ ކުރުން ހުއްޓާލައިފި !

ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރިކުރާ އޮންލައިން ބްރޭންޑެއް ކަމަށްވާ ޝީން އިން ރާއްޖެއަށް ފްރީ ޝިޕިންގ ކުރުން ހުއްޓާލައިފި އެވެ.

މިކަން ޝީންގެ ރަސްމީ ވެބްސައިޓުގައި އެކުންފުނިން ވަނީ ހާމަ ކޮށްފައެވެ. މީގެ ކުރިން ޝީންއިން 200 ޑޮލަރަށްވުރެ ގިނަ އަދަދަކަށް ވިޔަފާރިކުރާ ނަމަ ރާއްޖެއަށް އެތަކެތި ހިލޭ ޝިޕް ކުރެވޭ ގޮތް ވަނީ ހަދާފައެވެ.

ނަމަވެސް މިއަދު އަލަށް ގެނައި ބަދަލާއި އެކު ޝީންއިން އޯޑަރު ކުރާ ކޮންމެ އެއްޗަކުން 30 ޑޮލަރު ޝިޕިންގ ފީ އެއްގެ ގޮތުގައި ނެގުމަށް ވަނީ ނިންމާފައެވެ. އަދި އެކައްޗަށް ވުރެ ގިނައިން އެއް އޯޑަރެއްގައި ހިމަނާ ނަމަ ފުރަތަމަ އައިޓަމުން 30 ޑޮލަރު ނެގުމަށްފަހު ފަހުން ހިމަނާފައިވާ އޯޑަރުތަކުން 5 ޑޮލަރުގެ ޝިޕިން ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ.

މި ނިންމުން ނިންމާފައިވާ ސަބަބެއް ޝީން އިން ސީދާ ބުނެފައިނުވެއެވެ.

ޝީން އަކީ ޗައިނާގެ ބްރޭންޑެކެވެ. އަދި އެކުންފުނީގެ މައި ޤައުމަކީ ސިންގްޕޫރެވެ. ޝިޕިންގ އުސޫލަށް މިފަހުން އެކުންފުނިން ބަދަލުގެނައީ ރާއްޖެއަށް އެކަންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެސެންޖަރ އަށް ފަހު ވައިބަރ އަށް ވެސް އުރީދޫ ނެކްސްޓްގެ ޚިދުމަތް ތައާރަފްކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގްގެ އެހީގައި މަސައްކަތް ކުރާ އުރީދޫ ނެކްސްޓްގެ ޚިދުމަތް ވައިބަރ އަށް ތައާރަފްކޮށްފިއެވެ. ...

ޤާސިމްގެ މަރުގެ މައްސަލަ – އަދުހަމް ކުށަށް އިއުތިރާފުވެއްޖެ، ބޭނުންވަނީ ގާސިމްގެ ވާރިސުންގެ ފަރާތުން މާފު –އަދުހަމް

4 ޑިސެމަބަރ 2019 ވަނަ ދުވަހުގެރޭ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ...

ހިތަދޫ އަށް މީހުން އަރާ ފޭބުން މަނާކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އައްޑޫ ސިޓީ ހިތަދޫ އަށް މީހުން އަރާ ފޭބުން މަނާކޮށްފިއެވެ. އެޗްޕީއޭ އިން ...