އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި

އައްޑޫ ސިޓީގެ ގަމުގައި ފްލައިން ސްކޫލެއް ހިންގުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އެ ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަތެވެ.

މީގެކުރިން އައްޑޫ ސިޓީ ގަމުގައި ފްލައިން ސްކޫލު ހިންގަމުން ގެންދިޔައީ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިންނެވެ. އެހެންނަމަވެސް އެކުންފުނިން ދަރިވަރުންނާއި މެދު އަމަލު ކުރަމުން ގެންދާ ގޮތުންނާއި އަދި ވެސް އެނޫން އެތައް މައްސަލަތަކާއި ގުޅިގެން ގަން އެއާޕޯޓުން އެކުންފުންޏާއެކު އިތުރަށް އެއްބަސްވުން އައު ކުރަން ބޭނުން ނުވީއެވެ.

ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓުން ބައެއް ކުއްޔަށް ދީފައިވަނީ ތިން އަހަރަށެވެ. ފްލައިން ސްކޫލު ހިންގާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަނީ

އައްޑޫ ސިޓީ ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވެއްޖެއެވެ. ގަން އިންޓަނޭޝަނަލް ...

އިތުރު 3 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިއްޔެ ( 20 މެއި 2021 ވަނަދުވަހު) ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ...

ރައީސް ސާލިހުގެ ވައުދު ފުއްދަންވީގޮތެއް ޕީޕީއެމްއަކަށް ނޭގޭނެ: ރޮޒޭނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުތައް ފުއްދަންވީ ގޮތް ޕީޕީއެމްއަށް ނޭގޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ...