އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމުގެ މަޤްސަދުގައި މިމަހުގެ 27 ން 28 އަށް ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ޗެންނާއީގައި ބާއްވާ ރޯޑްޝޯއެއްގައި ބައިވެރިވުމަށް، އިކުއިޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް (އެޓާ)އިން މިއަދު ފުރައިފިއެވެ.

މިދަތުރުގައި އެޓާއާއެކު، އައްޑޫގައި ޤާއިމް ވެފައިވާ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 18 ފަރާތަކާއި، ސްރީލަންކަން އެއަރލައިންސް އަދި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެލައްވައެވެ.

‘ސަދަން މޯލްޑިވްސް ރޯޑްޝޯ’ ގެ ނަމުގައި އިންޑިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިރޯޑްޝޯގައި ކޮލޮމްބޯއިން 40 ޓްރެވެލް އެޖެންޓުންނާއި، ޗެންނާއީއިން 100 ޓްރެވެލް އެޖެންޓުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

މިރޯޑްޝޯއަކީ އެޓާގެ ފަރާތުން އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އިންޑިއާ އަދި ސްރީލަންކާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ބާއްވާ ރޯޑްޝޯއެކެވެ. މިއީ ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެކަން ކުރެވޭނެ މާޙައުލެއް ޤާއިމްކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ހުރި ފުރުޞަތުތައް ހޯދައިދީ، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތެރިން އުފައްދައި އެކި ދާއިރާތަކުން ބޭނުންވާ ތަޢުލީމާއި ތަމްރީން ހޯދައިދިނުމުގެ ގޮތުން އެޓާއިން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިއަ ޖެނުވަރީ މަހުގެ 18 އިން 20 އަށް އިންޑިއާގެ މުމްބާއީގައި ކުރިއަށްދިއަ އޯޓީއެމް ފެއަރ ގައިވެސް އެޓާއިން ވަނީ ބައިވެރިވެފައެވެ.

އެޓާއިން އިންޑިއާ އަދި ސްރީލަންކާގައި އައްޑޫގެ ފަތުވެރިކަން އިޝްތިހާރު ކުރުމަށް މިހާރު މަސައްކަތްކުރުމުންދާއިރު، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން 2012 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 31،721 ފަތުވެރިން ޒިޔާރަތްކުރިއިރު، 2017 ވަނަ އަހަރު މިއަދަދު ވަނީ 153،391 އަށް އަރާފައެވެ. އަދި ވަކިން ހާއްސަކޮށް މިދިއަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް އާދަޔާ ޚިލާފަށް ބޮޑުކަން ފާހަގަކުރެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑަށް ޓެސްޓްކުރެވޭ ލެބޯޓަރީއެއް ނޫނު މާފަރު އެއަރޕޯޓުގައި ޤާއިމް ކުރަނީ

ނޫނު މާފަރު އެއަރޕޯޓުގައި ކޮވިޑަށް ޓެސްޓް ހަދާ ހަދާ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސޮނޭވާ ރިސޯޓުން ކުރިއަށްގެންދާކަމަށް މޯލްޑިވިއަންއިން ...

ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފި

ރާއްޖޭގެ ކޮންމާތާކު ހުރެވެސް ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފިއެވެ. ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ...

މިނީ ބަހަށް އުދަނގޫވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހައި، ޓޯ ކުރަނީ

މިނީ ބަހަށް އުނދަގޫވާ ގޮތަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައި ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ. ...