ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނަން، މިއީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ގައުމު – ރައީސް ޔާމީން

މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ، މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނެ ކަމަށާއި އެގޮތުން ދިވެހިރާއްޖެ އަކީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ގައުމު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިރޭ ދަރުބާރުގޭގައި ދާދި ދެންމެ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން މަތީ ތަޢުލީމް ހޯދާ 19 އިންސައްތަ ކުދިންގެ ޢަދަދު ހަތަރު އަހަރުގެ ތެރޭގައި 32 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށާއި މަތީތައުލީމް ގެ ދާއިރާއިން އެމަނިކުފާނުގެ އަމާޒަކީ 2023 އަންނައިރު މިއަދަދު 60 އިންސައްތަ އަށް އިތުރު ކުރުން ކަމަށެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ގައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ ކަމަށް ޤާނޫނޫ އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވެއެވެ.

ގާނޫނު އަސާސީގެ 83 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލިސް ހުޅުވާ ޖަލްސާ ބާއްވަން ޖެހެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު އެވެ. އެހެން ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ޖަލްސާ އޮތީ ފަސްކޮށްފައެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ބައެއް ޑިޕްލޮމެޓުންނާއި ވަޒީރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ވަޑައިގެންނެވިއެވެ.

މިޖަލްސާގައި 36 މެމްބަރުން ބައިވެރިވެ ވަޑައިގަތްއިރު އިދިކޮޅު މެމްބަރުން ވަނީ މިރޭގެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ...

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ : 60 ދިވެހިން އަދި 68 ބިދޭސީން

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވެފައިވަނީ ޖުމްލަ 128 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން މި ...

ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފި

2 ވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ “ހިޔާ” މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ...