ހުޅުދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ފޭދޫ ޒުވާނެއްގެ ބޯފަޅާލައިފި

ހުޅުދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބޯ ފަޅާލައިފި އެވެ.

މިރޭ ގާތްގަނޑަކަށް 7:30 ހާއިރު ހިނގި މި މާރާމާރީއާބެހޭ މާ ބޮޑު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިމާރާމާރީގައި ޒަޚަމްވެގެން ހުޅުމީދޫ ސިއްހީމަރުކަޒުގައި ފަރުވާދެމުންދަނީ ކެނެރީފް ރިސޯޓްގެ ގެސްޓްރިލޭޝަން އެގްޒެކެޓިވް މަގާމުގައި ވަޒީފާ އަދާކުރަމުންދާ ފޭދޫ ޒުވާނެއްކަމަށްވާ އަހުމަދު ފާއިޒްއަށެވެ.

އަހުމަދު ފާއިޒް

މިމާރާމާރީ ހިންގި މީހުން އަހުމަދުގެ ފާއިޒްގެ ބޮލަށް ހަމަލާދީ ބޯ ދެތަނަކުން ފަޅާލާފައިވާއިރު މިމާރާމާރީއާ ގުޅިގެން އަދި މިހާތަނަށް މީހަކު  ހައްޔަރު ނުކުރިކަމުގައިވިޔަސް  މިމައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގުކޮށް މިމާރާމާރީ ހިންގި މީހުން ހޯދުމަށް މަސައްކަތްކުރަމުންނެވެ.

މިރޭ ހިނގި މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ފުޓްބޯޅަ މެޗްގައި ކުޅެން އައި ފޭދޫ ސްކޫލްގެ ޓީމްގެ ކުޅުންތެރީން މީދޫ ދަނޑުގައި ކުޅުނު މެޗްބަލަން އަހުމަދު ފާއިޒް މީދުއަށް ގޮސް މެޗް ނިމުމުން ފޭދޫ ސްކޫލްގެ ކުޅުންތެރީން މެދު ބަނދަރުން ފުރުވާލުމަށްފަހު އޭނަގެ ރަހުމަތްތެރިއަކާއެކު ކެނެރީފް ރިސޯޓަށްދާންސައިކަލުގައި ދަނިކޮށް ކެނެރީފްއަށްދާން އޮންނަ މަގުން ފްލެޓްތައްކައިރީގައި ފިލާތިބި ބަޔަކު ކުށްލިގޮތަކަށް ނިކުމެ ހަމަލާދީގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގައި ވެރިކަން ކުރާނެއް މީހެއް ކަނޑައަޅާނީ އީޔޫ އަކުން ނޫން: މިނިސްޓަރ ނާޒިމް

ރާއްޖޭގެ ވެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކަށް ގޮސް ސަލާން ޖަހަން ނުޖެހޭނެ ކަމަށާއި މި ގައުމުގެ ވެރިކަން ހޯދުމަށް ...

ސަތޭކަ ޕަސެޓް ޔަގީންކަމާއެކީ ފެނަކަ ބަލިކޮށް ފައިނަލަށް ދެވޭނެ- އެމްޓީސީސީގެ ކޯޗް މުހައްމަދު ޝަރީފް

މިއަދުގެ މެޗް ސަތޭކަ ޕަސެޓް ޔަގީންކަމާއެކު ކާމިޔާބުކޮށް ފައިނަލަށް ދެވޭނެކަމަށް އެމްޓީސީސީގެ ކޯޗް މުހައްމަދު ޝަރީފް ބުނެފިއެވެ. މުހައްމަދު ...

މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށްފަށައިފި

އައްޑޫ ސިޓީ މީދޫގައި ސަރުކާރުން އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށްފަށައިފިއެވެ. މިއަދު މީދޫގައި ބޭއްވުނު ...