ހަށިވިއްކި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް، ޝަރުތުކުރުމަށްފަހު ދިވެހި މީހާ ދޫކޮށްލައިފި

ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ހައްޔަރުކުރި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ސްޕާއަކުން ހަށިވިއްކާކަމުގެ ތުހުމަތުގައި ތައިލެންޑް ތިން އަންހެނުންނާއި، ދިވެހި ފިރިހެނެއް ހައްޔަރުކުރީ ބުރާސްފަތި ދުވަހު ރެއެވެ.

ފުލުހުންގެ ޚިދުމަތުން ރޭ ބުނިގޮތުގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ތައިލެންޑް ތިން އަންހެނުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ދިވެހި މީހާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާއަކީ 50 އަހަރުގެ މީހެކެވެ. ތައިލެންޑް ތިން އަންހެނުންކުރެ ދެ މީހުންނަކީ 30 އަހަރުގެ ދެ މީހުންނެވެ. އަނެއް އަންހެން މީހާ އަކީ 28 އަހަރުގެ މީހެކެވެ

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ”ހަށިވިއްކުން” ކަމަށް ބުނެފައި ވަނީ ފައިސާ ނުވަތަ ފައިސާއިން އަގުކުރެވިދާނެ އެއްޗެއް ނުވަތަ ކަމެއްގެ ބަދަލުގައި ޖިންސީ ޢަމަލެއް ތިމާ ހިންގުމަށް ތިމާ އަމިއްލައަށް ހުށަހެޅުމުގެ ޢަމަލަށެވެ. ނުވަތަ އެފަދަ ކަމެއް ކުރުމުގެ ޢަމަލަށެވެ. އަދި ފައިސާ ނުވަތަ އަގުހުރި އެއްޗެއްގެ މުޤާބިލުގައި، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނޫން މީހަކާއެކު ޒިނޭކޮށްފިނަމަ ނުވަތަ ޖިންސީ މުޢާމަލާތެއް ހިންގައިފިކަމަށް ވާނަމަ، އެ ޢަމަލުކުރާ މީހާ އެކުރަނީ ކުށެއްކަމަށް ޤާނޫނުލްއުޤޫބާތުގައި ބުނެފަވެއެވެ.

މި ކުށްސާބިތުވެއްޖެނަމަ ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ 1 އަހަރު ދުވަހަށް ޖަލަށް ލުމެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިމަމް ވޭޖަށް އަމަލުކުރަން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް އެސްޓީއޯ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ ...

ފެނަކަ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަދަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހުރިހާ ހިއްސާއެއް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް، އެސް.ޓީ.އޯ އިން ގަނެ މިއަހަރުގެ ...

އައްޑޫސިޓީގެ ރައީސް ކަމަށް ވަސީމު ވާދަކުރައްވަނީ

ޕާޓީގެ އެތެރެއިން އެމްޑީޕީގެ މެމްބަރުންނަށް ހައްގުވާ މިންވަރު ހޯދައި ދިނުމަށް   މަސައްކަތް ކުރާނެކަމަށްބުނެ  ފެށޭ މަހު 29 ...