ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ފަށައިފި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައަޅައި އެކަން އިއުލާން ކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. މިނިމަމް ވޭޖަށް އަމަލުކުރުމަށް ކަނޑައަޅާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

advertisement

ނަމަވެސް އެސްޓީއޯ އިން ވަނީ މި މަހުން ފެށިގެން މިނިމަމް ވޭޖުގެ މިންގަނޑަށް ފެތޭ ގޮތަށް މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފަ އެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ މުސާރަތައް ދިނުމަށް އެ ކުންފުނިން އަހަރަކު 14 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މި މަހުން ފެށިގެން އެސްޓީއޯއިން މިނިމަމް ވޭޖަށް އަމަލު ކުރަން ފެށުމުން، އެކުންފުންޏަކީ މިނިމަމް ވޭޖަށް އަމަލު ކުރަން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏެވެ.

މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.

މިނިމަމް ވޭޖުގެ ތަފުސީލު:

  • ކުދި އަމިއްލަ ވިޔަފާރިތަކަށް: ގަޑިއިރަކަށް 21.63ރ. މަގުން މަހަކަށް 4،500ރ.
  • ބޮޑެތި އަމިއްލަ ވިޔަފާރިތަކަށް: ގަޑިއިރަކަށް 48.46ރ. މަގުން 8،000ރ.
  • މެދުފަންތީގެ އަމިއްލަ ވިޔަފާރިތަކަށް: ގަޑިއިރަކަށް 33.65ރ. މަގުން 7،000ރ.
  • ސިވިލް ސާވިސްއަށް: ހަ ގަޑިއިރަށް މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް 7،000ރ.
  • ސިވިލް ސާވިސްއަށް: ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރާނަމަ 33.65ރ.ގެ ރޭޓުން
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫން މިފަހަރު ޑިޖިޓަލް މިއުޒިކް ޝޯއެއް!

ފިތުރު ޢީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، ޢީދު ސާލާން ބަދަލު ކޮށް، އެންމެން ...

އިޔާދަކުރަނިވި ހަކަތައިން ހިންގާ ފުރަތަމަ އެއާޕޯޓަކަށް ގަން އެއާޕޯޓް

ރާއްޖޭގައި މުޅިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ އެއާޕޯޓަކަށް ގަން އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި، ފިއުޗަ ...

ސިޔާސީ ދާއިރާގައި އުޅުމަކީ ހުރިހާ ދިވެހީންނަށްވެސް ލިބިފައިވާ ހައްގެއް- އިސްމާއީލް އާސިފް

Advertisementއެންމެންނަށްވެސް އިންސާފްވެރި ޝަރީއަތްތަކެއް ކުރިއަށް ގެންދިއުމަށް ގޮވާލާނޭކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ( އެމްޓީޑީ ) އިން ބުނެފިއެވެ. ...