މާނާ ހުޅުދޫ އޮފީހަށް މޫސާ ސިއްދީގު މީދޫ އޮފީހަށް ބަދަލުކޮށްފި

މީދޫ އަވަށުއޮފީހުގެ ކައުންސިލް އެގްޒެކެޓިވް މާނާ ހުޅުދޫ އަވަށު އޮފީހަށް އަދި ހުޅުދޫ އަވަށު އޮފީހުގެ ކައުންސިލް އެގްޒެކެޓިވް މޫސާ ސިއްދީގު މީދޫ އަވަށު އޮފީހަށް ބަދަލުކޮށްފިއެވެ.

މިބަދަލަކީ އައްޑޫސިޓީ ކައުންސިލްގެ އަވަށު އޮފީސްތަކާއި ސިޓީ ކައުންސިލްގެ އިދާރާގައި ” ކައުންސިލް އެގްޒެކެޓިވް ” ގެ މަގާމުގައި މަސައްކަތް ކުރަމުން އައި މުވައްޒަފުން އެހެން އޮފީސްތަކަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ގެނެވުނު ބަދަލެކެވެ.

ސިޓީ ކައުންސިލުން މިގޮތައް ނިންމަވާފައިވަނީ ކައުންސިލް އިދާރާތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށާ މިކުރެވޭ ބަދަލުގެ ސަބަބުން ލިބޭ ނަތީޖާ ދެނެ ގަތުމަށެވެ.

ސިޓީ ކައުންސިލުން މިގެންނަ ބަދަލާ ގުޅިގެން އަވަށު އޮފީތަކުގެ ވެރިން އަދި ކައުންސިލްގެ އިދާރާތަކުގެ ވެރިންގެ އެއްބާރުލުން އަލަށް މަސައްކަތްތަކާއި ހަވާލްވާ ބޭފުޅުންނަށް ދެއްވުމަށާ އަދި ރަށްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ރަގަޅުކޮށް މުވައްޒަފުންނާއި އޮންނަ ގުޅުން އިތުރަށް ފުޅާވެގެންދާނެ ގޮތަކަށް މަސައްކަތްކޮށްދިނުމަށް ސިޓީކައުންސިލުންވަނީ އެދިވަޑައިގެންފައެވެ.

ސިޓީ ކައުންސިލުން ކުރިން ދެންނެވިގޮތައް ގެނެވުނު ބަދަލު 2 މެއި 2024 އިން ފެށިގެން 4 މަސްދުވަހަށް ދެމި އޮންނާނެއެވެ.

ސިޓީ ކައުންސިލުން މިގެނައި ބަދަލަކީ ކުއްލިގޮތަކަށް ގެނައި ބަދަލެއްކަމަށާ މިބަދަލަކީ އެއްވެސް އެންގުމަށާ ނުލައި ގެނެވުނު ބަދަލެއްކަމުގައި ބައެއް މުވައްޒަފުންގެފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

މުވައްޒަފުން ބަދަލުކުރެވުނު ގޮތުގެ ތަފްސީލް

މާނާ މުމްތާޒު/  މީދޫ އޮފީސް – ބަދަލުކުރެވުނީ ހުޅުދޫ އޮފީހަށް

މޫސާ ސިއްދީގު/ ހުޅުދޫ އޮފީސް – ބަދަލުކުރެވުނީ މީދޫ އޮފީހަށް

ނޫރާ ޖަމީލް/ހިތަދޫ އޮފީސް- ބަދަލުކުރެވުނީ މަރަދޫ އޮފީހަށް

ހަސަން ޒަރީރު/ ފޭދޫ އޮފީސް – ބަދަލުކުރެވުނީ ހިތަދޫ އޮފީހަށް

ނިޒްނީ މުހައްމަދުދީދީ/މަރަދޫފޭދޫއޮފީސް- ބަދަލުކުރެވުނީ ފޭދޫ އޮފީހަށް

މަރިޔަމް ސަޖުވާ/މަރަދޫ އޮފީސް- ބަދަލުކުރެވުނީ މަރަދޫފޭދޫ އޮފީހަށް

މިއީ ސިޓީ ކައުންސިލް އުފެދުނު ފަހުން ކައުންސިލްގެ މިހާގިނަ މުވައްޒަފުން އެއްފަހަރާ އެކި އޮފީސްތަކަށް ބަދަލުކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ ރޭ ...

ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތަކަށް ހައްލެއް ހޯދަނީ ؟

ޖޫންމަހުގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތައް މިސީޒަން ނިމެންދެން ދިގުދަންމާލަން މަޝަވާތައް ފަށައިފިއެވެ. ކުޅުންތެރީންގެ ހައްގުތައް ހިމާޔަތްކޮށްދޭ ...

އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ނިއުޔޯކަށް

އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އެމެރިކާގެ ...