މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަކީ “ދިވެހީންގެރާއްޖެ” ކާމިޔާބު ކުރުމުގައި އޮތް ދެވަނަ މަންޒިލު: ރައީސް

“ދިވެހިންގެރާއްޖެ”އަށް ދާން ފެށި ދަތުރުގައި އަދި ހާސިލްވީ ދެބައިކުޅައެއްބައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަކީ އެ ދަތުރު ކާމިޔާބު ކުރުމުގައި އޮތް ދެވަނަ މަންޒިލު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް ހުސެންގެ ކެމްޕޭނު ޖަގަހައެއް ހުުޅުވުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބަޖެޓު ފާސްކުރުން ފަދަ ކަންކަމުގައި މަޖިލީހުގެ ތެރެއިން ސަރުކާރާ ބައިވެރިވާނެ މެންބަރުން ހޮވުމަކީ ޒަރޫރީ ކަމަކަށް ވެފައިވާ ކަމަށެވެ.

“ޒަރޫރީ ކަމަކަށް ވަނީ ކަންކަމުގެ ހަގީގަތް އަޅުގަނޑުމެން ބަލާއިރު ފެންނަން ހުރި ހަގީގަތްތަކުގެ ސަބަބުން. މި ވޭތުވެގެން ދިޔަ ހަތަރު މަސް ތެރޭ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މި ވިސްނުމުގައި މަސައްކަތް ނުކުރާ ބަޔަކު ތިއްބަވައިގެން ރައްޔިތުންނަށް ކުރަމުން ދިޔަ އުނދަގޫތައް،”

ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށްޓަކައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތައް ވެސް އިދިކޮޅުން ބޭރުކުރަމުންދާ ކަމަށެވެ.

އިއްޔެ މަޖިލީހުން އެސްޑީއެފް ބިލު ބޭރުކޮށްލުމާ ގުޅޭގޮތުން އިދިކޮޅުން ދޭނެ އެއްވެސް ޖަވާބެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ރައްޔިތުން މިހާރު އެބަޖެހޭ އެ ބޭފުޅުންގެ އެ ގައިރު ޒިންމާދާރު އަމަލަށް ކުރިއަށް އޮތް އިންތިހާބުގައި ޖަވާބު ދެއްވަން،”

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް ހޮވަން ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝުކުރީގެ ކެމްޕެއިން ޖަގަހައެއް ހުޅުދޫގައި ހުޅުވައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައ ވާދަކުރައްވަން ނިންމަވާފައިވާ ހުޅުދޫގެ މިހާރުގެ ކައުންސިލަރު އިބްރާހިމް ...

އަތޮޅުތެރެ އާއި މާލޭގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފި

އަތޮޅުތެރެ އާއި މާލޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފިއެވެ. އެ ގޮތުން ގެނެސްފައިވަނީ ...

މަޖިލީހުގެ މެމްބަރުންނަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތުކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ ރައްޔިތުން ...