ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތުކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށްފަހު މިހާރު ހަމަލާ ދިނުމަށް މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ ނާއިބު ރައީސް އީވާއަށާއި އަދި މަޖިލީހުގެ ބައެއް މެންބަރުންނަށް ކަމަށް އަޑުތައް އިވެމުން އަންނަ ކަމަށެވެ. އަދި އެ މެންބަރުންނަށް ފާރަލަމުން ގެންދާ ކަމަށް އިލްޔާސް ވަނީ ތުހުމަތު ކުރައްވާފައެވެ.

މަޖިލީހުގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި އެތައް މެމްބަރުން ތަކަކަށް، އެތައް ނުރައްކަލެއް އެބަހުރި. އެމީހުންނަށް ފާރަލާ، އެބޭފުޅުން އުޅުއްވާ ތަންތަން ބަލާ، ހަމަލާއެއް ދޭން އުޅޭ ކަމަށް އެބަ ތުހުމަތު ކުރެވޭ.

އިލްޔާސް ލަބީބު ވިދާޅުވި

އޭނާ ވިދާޅުވީ ޓެރަރިޒަމާއި ހައްދު ފަހަނައަޅާ ދިއުން ރާއްޖޭގައި އިތުރުވެފައިވާއިރު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފާޅުގައި މީހުން މަރަން ގޮވަމުން އަންނަ ކަމަށެވެ. އެކަންކަން ހުއްޓުވާ ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުއެވެ. އެ ހަމަލާ ދިނުމުގެ ކުރިން އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތު އިލްޔާސަށް މީހެއްގެ ފަރާތުން ލިބުމުން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް ވަނީ ހިއްސާ ކުރައްވާފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ފަރުވާ އަށް ޖަރުމަނުވިލާތަށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ރައީސް ނަޝީދާއެކުގައި ކަމަށް މީގެކުރިން އީވާ ވިދާޅުވި ނަމަވެސް ރައީސް ނަޝީދު މިއަދު ނަޝީދު ވަނީ ރާއްޖެ ވަޑައިގެންނެވެން ނެތް ކަމަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ހުއްދައަކަށް އެދިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮމިކްރޮންގެ ނުރައްކާ ބޮޑުވެދާނެތީ ސަމާލުވާން އެޗްޕީއޭ އެދިއްޖެ

ކޮވިޑް-19 އިގެ އާ ވޭރިއަންޓް “އޮމިކްރޯން” ނުރައްކާ ބޮޑުވެދާނެތިން އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ...

މާލެއިން އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން އަނެއްކާވެސް އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ...

ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މަައުލޫމާތު ލިބުނު ވާހަކަ ނަޝީދުއާއި މާރިޔާއާ ހިއްސާ ކުރިން: އިލްޔާސް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ކޮންމިއަސް މީހެއްގެ ފަރާތުން ލިބުމާއި ...