ސަރުކާރުގެ ކެނޑިޑޭޓަށް  ފުރުޞަތު ދިނުމަކީ މީދޫގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް

ސަރުކާރުގެ ކެނޑިޑޭޓަށް  ފުރުޞަތު ދިނުމަކީ މީދޫގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެވެ.

ވަޖީހު މިހެން ވިދާޅުވީ އަންނަ އެޕްރީޕް  ބޭއްވުމަށް ހަމަޖެހިފައިވާ  މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެނޑިޑޭޓްގެ ގޮތުގައި  މީދޫ ދާއިރާއަށް ވާދަކުރައްވާ އިޔާޒު ނަސީމުގެ ކެމްޕެއިން ޓީމާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޖީހު އިޔާޒުގެ ކެމްޕެއިންޓީމުގެ މެމްބަރުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޖީހު ވިދާޅުވީ މީދުއަށް  ސީޔާސީ ބާރުވެރިކަން ހޯދައި ދިނުމަށްޓަކައި މީދޫގެ ތައުލީމީ ގާބިލް ބޭފުޅަކު  މަޖިލިހުގެ މީދޫ ދާއިރާގެ ގޮޑިއަށް އިންތިޚާބް ކުރުމަކީ   ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށެވެ. މިގޮތުން އިޔާޒުއަށް ވޯޓް ދިނުމުގެ މުހިއްމުކަން މީދޫދާއިރާގެ ރަށްޔިތުންނަށް ވިސްނައި ދެއްވުމަށް ކެމްޕެއިންޓީމުގެ ފަރާތުން ވަޖީހު އެދިވަޑައިގެންނެވިއެވެ.

ވަޖީހު ހުޅުދޫ މީދޫއަށް ކުރައްވާ މިދަތުރުފުޅުގައި ސަރުކާރުގެ ކެނޑިޑޭޓް އިޔާޒު ނަސީމުގެ ކެމްޕެއިންޓީމުގެ ފަރާތުން މީދޫގައި ބޭއްވި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކެނޑިޑޭޓްގެ ގޮތުގައި އިޔާޒު ކުރިމަތިލައްވަނީ،  ސަރުކާރާއި ގުޅިގެން މީދޫ ތަރައްޤީ އައު ހަރުފަތަކަށް ގެންގޮސްދިނުމުގެ ވަރުގަދަ ޢަޒުމުގައެވެ. އަދި މީދޫގެ ޒުވާނުންގެ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށް ޓަކައެވެ.

އިޔާޒު އަދި އެމްޕީއެލްގެ ސީއީއޯ ވަޖީހު އަދި ސްޓެލްކޯގެ އެމްޑީ ފަހުމީ

އިޔާޒަކީ އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ކިޔަވައިގެން ހުންނެވި އަދި މިހާރު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުން އަންނަ ބޭފުޅެކެވެ.  

ރަށްޔިތުންގެ މަޖިލިހަކީ ގާނޫންތަކާއި އުސޫލްތައް ހަދާ މަޖިލިހަކަށްވާއިރު   ގާނޫނީގޮތުން 2004 ވަނަ އަހަރުން ފެށިގެން މަޖިލިހުގައި ތިއްބެވި މެމްބަރުންނަށް އިޔާޒު އަންނަނީ ފަންނީ ލަފާ ދެމުންނެވެ.

ކަންމިހެންހުރުމާއި އެކު، މީދޫ ދާއިރާގެ މަންދޫބެއްގެ ޙައިޞިއްޔަތުން މަޖިލިހަށް  ބޭފުޅަކު ފޮނުވުމުގެ ކުރިން، މި ކަންކަމާއި މެދު މީދޫ ދާއިރާގެ ރަށްޔިތުން ވިސްނާލުން މުޙިއްމެވެ.

ވީމާ ސަރުކާރުގެ ކެނޑިޑޭޓަށް  ފުރުޞަތު ދިނުމަކީ މީދޫގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބެއާ ގްރިލްސްގެ ޝޯ ”އިން ޓު ދަ ވައިލްޑް“ގެ އެޕިސޯޑުތަކެއް ނަގަން އަޖޭ ރާއްޖެއަށް

ތިމާވެއްޓާ ގުޅުން ހުރި އެކި މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ޑިސްކަވަރީ ޗެނެލުން ގެނެސްދޭ ބެއާ ގްރިލްސްގެ ”އިން ...

އައްޑޫގެ މަގުހެދުން ދަނީ ޕްލޭނާއި އެއްގޮތަށް- އަކްރަމް

އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ...

ދިރާގުން ފައިބާ ކަނެކްޝަނަށް ހިލޭ އަޕްގްރޭޑް ކޮށްދެނީ

ދިރާގުގެ އޭޑީއެސްއެލް އިންޓަނެޓް ކަނެކްޝަން ގެންގުޅޭ ކަސްޓަމަރުންނަށް “ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް” އަށް ހިލޭ އަޕްގްރޭޑް ކޮށްދެ ...