ވޯޓު ދޭނެ މީހާ ކަނޑައެޅުމުގައި ޒިންމާދާރުކޮށް ވިސްނަން ޖެހޭ – ސަބްރީ

” ޑިމޮކްރަސީގެ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ ވޯޓު . ވޯޓު ދޭނެ މީހާ ކަނޑައެޅުމުގައި ޒިންމާދާރުކޮށް ވިސްނަން ޖެހެނީ އެހެންވީމާ . ވޯޓަކީ އަމާނާތެކޭ ބުނަނީ ވެސް އެސަބަބާއި ހެދި، ވޯޓަކީ ހަދިޔާއެއް ނޫން”

މިއީ މަޖިލިސް ޕްރަމަރީގައި އެމްޑީޕީން މީދޫ ދާއިރާއަށް ވާދަކުރަމުން އަންނަ ސަބްރީ ޕްރައިމަރީގެ ވޯޓާބެހޭގޮތުން ބުނެފައިވާ ވާހަކައެވެ.

ސަބްރީ އެ ބުނަމުން ދަނީ މީދޫގެ ރައްޔިތުންގެ ބަސް އުނިކަމެއް ނުގެނެސް މަޖިލީހުގެ ތަޅުމުގައި އިއްވާނެ ކަމަށެވެ. ރައްޔިތުންނާ ބައްދަލު ކޮށް މަޝްވަރާ ކުރުމެއް ނެތި މެމްބަރަށް ފެންނަ ގޮތަށް ބަސް ބުނުމަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.

“މިސާލަކަށް ބަލާ ނަމަ އިހަށް ދުވަހު އެވަނީ ދިރާސީ އާ އަހަރު ޖަނަވަރީ މަހު ފަށާގޮތަށް ބަދަލުކޮށްފައި. އެއްވެސް މެމްބަރަކު އެހިތޯ ދާއިރާ ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންގެ ހިޔާލަކީ ކޮބާތޯ؟ މަޖިލިސް މެމްބަރުގެ ޒިންމާއެއް އެބަ އޮވޭ މިކަހަލަ ކަންކަމުން ދާއިރާ ރައްޔިތުންނަށް ގެއްލުމެއް ވާނަމަ އެ އަޑު އިއްވަން. ރުހުނަސް ނުރުހުނަސް އެކަން އަންގަން. ވަޒީރު ހާޒިރުކޮށް ސުވާލު ކުރުން އަދި އޮންނަން ޖެހޭ ތަރުތީބުން ކަން ހިނގާތޯ ކަށަވަރުކުރުން މިއީ އެންމެ އަސާސީ ކުޑަ މިންވަރު. ރައްޔިތުންގެ ހައްގުގަ ކުރެވޭނެ ވަރަށް ގިނަ ކަންކަން މަޖިލީސް މެންޑޭޓުގެ ތެރެއިން އެބަ ލިބޭ.” ސަބްރީ

މުހައްމަދު ސަބްރީ އަކީ 2006 އިން ފެށިގެން އެމްޑީޕީގެ މެމްބަރެކެވެ. ޑިމޮކްރަސީގެ ހަޔާތުގައި މިއަދާއި ހަމައަށް އައި އިރު ޕާޓީގެ ފަރާތުން ބައިވެރިވި ހުރިހާ އިންތިހާބެއްގައި ވެސް ސަބާ ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ. އިހުލާސްތެރި މަސައްކަތް މަތީ ދެގޮތެއް ނުވެ ސަބާ ހުންނަތާ 18 އަހަރު ވެއްޖެއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ޕާޓީ ތެރެއިން ސިޔާސީ ބަދަލު ގެނައުމާއި ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށް ވުޖޫދުވާން ޖެހޭ ސިޔާސަތުތައް ބަށްޓަން ކުރުމަށް ވެސް ސަބާ ވަނީ އޭރުން ފެށީގެން މިއަދާއި ހަމައަށް މަސައްކަތް ކޮށްފައެވެ. ސަބާ ބޭނުންވަނީ މީދޫގެ އެމްޑީޕީ މެމްބާޝިޕް ބޮޑުކޮށް، ޕާޓީ އިން އެންމެ ފުރަތަމަ ފެށި އިސްލާހީ ފިކުރުގެ މަތީގައި ރަށުގެ އާއިލާތަކަށް ފުދުންތެރިކަން ވާސިލުކޮށްދިނުމެވެ. އޭރު ދެއްކި ތާހިރު ދިރިއުޅުން ނުވަތަ ޑިގްނިފައިޑް ދިރިއުޅުމަކަށް އެންމެހާ އާއިލާތަކަށް ވާސިލުވެވޭނީ އެފުދުންތެރިކަން ލިބިގެންނެވެ. ސޮބާގެ މި ވާހަކަތަކަށް ރަށުން ލިބޭ ތަރުހީބަށްޓަކައި ސަބާ އަށް ލިބެމުން އަންނަ ތަރުހީބާއި ބެހޭ ގޮތުން އޭނާ ވިދާޅުވި

ސަބްރީ – މީދޫ އަށް ދިމާވެފައިވާ އެންމެ ސީރިއަސް މައްސަލަތައް ގާތުން ފެނި އެކަންކަން ހައްލުކުރަން ކެނޑި ނޭޅި ސަބާ ދަނީ މަސައްކަތް ކުރަމުން

“2006 އިން ފެށިގެން ކުރަމުން މިއަންނަ މަސައްކަތް ޕާޓީ މެމްބަރުން އަދި ރަށުގެ އެހެން ރައްޔިތުންވެސް ބަލައިގަންނާތީ އުފާވޭ. ހިތްވަރުވެސް ލިބޭ. ބޭނުންވަނީ މި އޮތް އެކުވެރިކަން މަތީ ކެމްޕެއިން ނިންމައި، ކޮންމެ މީހަކު ހޮވުނަސް އެމީހެއްގެ ފަހަތުގައި ހުންނަން. އެންމެން އެއްރޫހެއްގައި ނިކުމެ މި ގޮނޑި ޕާޓީއަށް ނަގާތަން މިހާރު ވެސް އެބަ ފެނޭ.” ސަބްރީ

އެމްޑީޕީގެ ތަފާތަކީ މިއީ އެވެ. ޕާޓީ މެމްބަރުންގެ ރޫހު ވަރުގަދަ ވުމާއި، ތަހުޒީބީ ވާދަވެރި އިންތިހާބު އޮމާންކަމާއި އެކު މިފަހަރުވެސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އެޕާޓީގެ މީދޫ ގޮތްޕަށް އޮންނަނީ މިހެންވެއެވެ.

“މިހާރު މިތިބަ ކެންޑިޑޭޓުންނަށް ބަލާއިރު، އެންމެން ވެސް ތިބީ މި ރޫހުގަ. ޕާޓީގެ ގްރާސްރޫޓްސް އިން ކޮންމެ ކެންޑިޑޭޓަކަށް ޓިކެޓު ހަވާލުކުރިއަސް އަޅުގަނޑުމެން މިތިބީ އެކުގައި ކުރިއަށް ދާން. އަޅުގަނޑަކަށް ޔަގީން ޕާޓީ މެމްބަރުން ވިސްނާނީ ޕާޓީ އަށާއި ރަށަށް އެންމެ ކާބިޔާބު ގޮތަކަށް މިކަން ނިންމަން. އެޔަގީން ކަން އަޅުގަނޑަށް އެބައޮތް.”  ސަބްރީ

ރަށު ރައްޔިތުން، ހާއްސަކޮށް އަޅުގަނޑަށް ތާއީދުކުރާ އެމްޑީޕީ މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުގެ އެދުމަކީ މީދޫގެ ދަރިއަކަށް އަލަށް މީދޫގެ ރައްޔިތުން ތަމްސީލުކޮށް ރައްޔިތުންގެ ބަސް އިއްވަން ލިބޭ މިފުރުސަތުގައި، ގާބިލު ކަމާއި އެކު މިހާރުވެސް ނަތީޖާ ނެރެ ދައްކަމުން އަންނަ އަދި ޕާޓީ އަށް އިހުލާސްތެރި މީހާ ހޮވުން. ކެންޑިޑޭޓް ނަމްބަރ 4 ހޮވުން.”

ސަބާގެ ތައުލީމީ ދާއިރާ އަކީ މަސްތުވާތަކެއްޗަށް ދެވި ހިފުމާއި އޭގެ ފަރުވާ އާއި ގުޅޭ ދާއިރާއެވެ. އިންޓަނޭޝަނަލް ސޮސައިޓީ އޮފް ސަބްސްޓެންސް ޔޫޒް ޕްރޮފެޝަނަލްސް (ISSUP) އަކީ މިދާއިރާއިން މީހުން ބިނާކުރުމުގައި މުޅި ދުނިޔޭގައި އެންމެ ފާހަނގަކޮށްލެވޭ ބައިނަލްއަގުވާމީ އޯގަނައިޒޭޝަން އެވެ. ސަބާ ވަނީ އެފަރާތުގެ އެސްއެސްޔޫޕީ ޔުނިވަރސަލް ރީކަވަރީ ސިލަބަސް ކާމިޔާބުކަމާއި އެކު ފުރިހަމަކޮށް އަދި ޔޫއެސް ރިކަވަރީ ކޯޗް،ޕިއަރ ސަޕޯޓް ޕްރޮފެޝަނަލެއްގެ ގޮތުގައި މާލެއާއި އަތޮޅު ތެރޭގައި 17 އަހަރު ހިދުމަތް ކުރައްވާފައެވެ. އެއީ މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުންނާއި ކުދިންނަށް އެކަމުން އަރައިގަންނަން ހިތްވަރުދީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތެވެ.

ސަބާ އަކީ ރަށު ސްކޫލުން ކިޔެވުމަށްފަހު، އެކަނިމާއެކަނި ހަލަބޮލި މާލެއަށް ހިޖުރަކޮށް، އެތަކެއް ހިތްދަތި ތަޖުރިބާތަކެއް ކޮށް، އެކަންކަމުން އަރައިގަނެ އަމިއްލަ ހިތްވަރުން އާއިލާއެއް ބިނާކޮށް 3 ކުދިންނާއި އަނބިމީހާ އާއި އެކު ހުޅުމާލޭގައި ދިރިއުޅޭ ހިތްވަރުގަދަ ބައްޕައެކެވެ.

ހުޅުމާލޭގައި ފުޑް އެންޑް ބެވަރޭޖެސް އާއި ކޮންސްޓްރަކްޝަންގެ ދާއިރާގައި އަމިއްލަ ވިޔަފާރި ކުރަމުން އަންނަ މީދޫގެ ފަހުރުވެރި ދަރިއެކެވެ. ކޮންމެ މީހަކުވެސް ހެއްވާލާ މީހެކެވެ. އަބަދުވެސް ގުޅޭ ގާތް މީހެކެވެ.

ދުވަހަކުވެސް މީދޫ އަށް ނުލިބޭ މި ފުރުސަތުގައި އަޅުގަނޑުމެން އެދެނީ މީދޫގެ ރައްޔިތުންގެ ފަރާތުން ބަސް ބުނަން ސަބާ ހުރުމެވެ.

މީދޫ އަށް ދިމާވެފައިވާ އެންމެ ސީރިއަސް މައްސަލަތައް ގާތުން ފެނި އެކަންކަން ހައްލުކުރަން ކެނޑި ނޭޅި މަސައްކަތް ކުރަމުން އަންނަ ސަބާ އަށް މި ނޫހުގެ ފަރާތުން ކާމިޔާބަށް އެދެމެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ދާއިރާ އޮތީ ރައީސް ސޯލިހާއެކު- ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާ އެކީގައި ކަމަށާ އައްޑޫމީދޫ ދާއިރާގެ ތަރައްގީއަށް ...

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް 148 ބޭފުޅަކަށް

ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް މިއަހަރު 148 ބޭފުޅަކަށް ދެއްވައިފި ...

ކަރަންޓީން ނުވެ މިހާރު ރާއްޖެއިން ޔޫކޭ އަށް ދަތުރުކުރެވޭނެ

ކޯވިޑާ ގުޅިގެން އިނގިރޭސި ވިލާތަށް އެތެރެވުން މަނާ ޤައުމުތައް ކަނޑައަޅާފައިވާ ރަތް ލިސްޓުން ކަރަންޓީނު ނުވެ ދަތުރުކުރެވޭ ޤައުމުތަކުގެ ...