މީދޫ ދާއިރާ އޮތީ ރައީސް ސޯލިހާއެކު- ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާ އެކީގައި ކަމަށާ އައްޑޫމީދޫ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކޮށްދެއްވާ ކަންކަން ރައްޔިތުން ބަލައިގަންނަ ކަމަށް އައްޑޫމީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައިވަނީ އެކަމަނާ ކުރެއްވި ޓުވިޓެއްގައެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި އިތުރަށް  ވިދާޅުވެފައިވަނީ އައްޑޫމީދޫ  ދާއިރާއަށް އެކަމަނާ ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމުން  އެނގުނީ މިވަރުގެ ސަރުކާރެއް އަދި މިހާތަނަށް ނާންނަ ކަމަށް އައްޑޫމީދޫ ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

” އަޅުގަޑުގެ ދާއިރާއަށްކުރި ދަތުރު ނިންމާލިއިރު އެގުނު އެއްޗަކީ އައްޑޫމީދޫ ދާއިރާއޮތީ ރައީސް އިބޫ ސޯލިހާއެކީކަން .

ދާއިރާގެ ކުރިއެރުމަށް ސަރުކާރުންކޮށްދެމުންދާ ކަންތައްތައް ރަށްޔިތުން ބަލައިގަނޭ ، އަދި މިވަރުގެ ސަރުކާރެއް ނާންނަކަމަށް މިދާއިރާގެ ރަށްޔިތުން ގަބޫލްކުރޭ ” ރޮޒެއިނާ ކުރެއްވި ޓުވިޓާގައި ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ ސަރުކާރުން މަރަދޫ ފޭދޫގައި ކުރިއަށް ގެންދާ ގިނަ މަސައްކަތްތައް ފާހަގަކުރައްވައި ރޮޒައިނާ ވަނީ ރައީސް ޞޯލިޙް ދެވަނަ ދައުރަކަށް ނުހޮވަންވީ ކީއްވެތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަހުޖަނު – ރައީސް ނަޝީދު

ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ “ރިޝްވަތު ދޭ މަހުޖަނު” ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ...

ލީގުކަޕް: ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ފުލަމް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެ ...

އައްޑޫސިޓީ- ކޮވިޑް 19: –2 ދުވަހުން 177 މީހުން ފައްސިވި

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިއަދު  އާންމު ކުރި މިމަހުގެ 2 ވަނަ ދުވަހާއި 3 ވަނަ ދުވަހުގެ ...