އަންނަ ހަފްތާއިން ފެށިގެން ކިޔަވަދޭނީ އެއްދަންފަޅީގައި: ސ. އަތޮޅުމަދަރުސާ

ފުރަތަމަ މިޑްޓާމް ބަންދު ނިންމާލުމަށްފަހު އަންނަ ހަފްތާގައި ކިޔެވުންފަށާއިރު ސ. އަތޮޅުމަދަރުސާގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއް ދަންފަޅީގައި ކަމަށް އެސްކޫލުން ހާމަކޮށްފިއެވެ.

އެސްކޫލުން މިގޮތައް ހާމަކޮށްފައިވަނީ އެސްކޫލްގެ ގޯތިތެރޭގައި އަލަށް އިމާރާތްކުރި  3 ބުރީގެ ކްލާސްރޫމް ބްލޮކްގެ މަސައްކަތް ނިމި އެއިމާރާތް ސްކޫލާއި ހަވާލްކޮށްފައިވާތީއެވެ.

” އަލަށް އިމާރާތްކުރި  3 ބުރީގެ ކްލާސްރޫމް ބްލޮކްގައި  ކިޔަވައިދޭން ފެށުމުން އެސްކޫލަށް ދިމާވެފައިވާ  ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ . އަދި ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށްގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ. އަދި މީގެ އިތުރަށް ސްކޫލްގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމުގައިވެސް ފަސޭހަތަކެއް ލިބިގެންދާނެ “

ސ. އަތޮޅުމަދަރުސާގެ ލީޑިން ޓީޗަރ ޠަވީލް އަބްދުލް މުހުސިނު ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އަތޮޅު މަދަރުސާގައި އަލަށް އިމާރާތްކުރެވުނު  3 ބުރީގެ ކްލާސްރޫމް ބްލޮކަކީ ކުރީން ހުޅުދޫ ސްކޫލްގައި އިމާރާތްކުރުމަށް ހަމަޖެހުނު އިމާރާތެކެވެ.   އެހެންނަވެސް ހުޅުދޫ ސްކޫލް ބަންދުކޮށް އެސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދިޔަ ދަރިވަރުން ސ. އަތޮޅުމަދަރުސާއަށް ބަދަލުކުރުމާއި ގުޅިގެން އެއިމާރާތްވެސް އަތޮޅުމަދަރުސާގައި އިމަރާތްކުރާގޮތައް ހަމަޖެހި އެއިމާރާތް އަތޮޅުމަދަރުސާގައި އިމާރާތް ކުރެވުނީއެވެ.

މި ހަފްތާއަކީ ފުރަތަމަ މިޑްޓާމް ބަންދު ހަފްތާކަމުގައި ވިޔަސް އަތޮޅުމަދަރުސާގެ މުދައްރިސުން ބަންދު ނޫންކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ސްކޫލަށް ހާޒިރުވެ އައު އިމާރާތުގެ ކްލާސްރޫމް ތަކުގައި ކިޔަވައިދިނުމުގެ ގޮތުން  ކުރަންޖެހޭ ތައްޔާރީތައް ދަނީ ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – ހުޅުދުން ނެގުނު ރެމްޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެއްޖެ

ހުޅުދުންނެގުނު ރެމްޑަމް ސާމްޕަލްތަކުގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޮވިޑް 19 އަށް  ޕޮޒިޓިވްވެއްޖެވެ. ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ...

ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ބަޖެޓުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ- އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މިއަދު ބާއްވަން ...

އެމްޑީޕީ ޕްރައިމަރީގެ ނަންތައް ތަރުތީބުކޮށްފި، ރައީސް ނަޝީދަށް 1، ރައީސް ޞާލިޙަށް 2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި އެޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ...