ހުޅުދޫގައި ހުޅުދޫ މީހެއްގެ ބޮލަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ހުޅުދޫގައި  މީހެއްގެ ބޮލަށް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  މިމަހުގެ 1 ވަނަ ދުވަހުގެރޭ 10:30 އެހައިކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާލިބިފައި ވަނީ ހުޅުދޫ ކަނޑުފިށި ފިހާރަ ހިންގަމުންދާ  މާހިރުއަށެވެ.
މާހިރުގެ ބޮލަށް ހަމަލާދީފައިވަނީ އެރޭ ފިހާރަ ބަންދުކުރުމަށްފަހު ގެއަށް ދިޔަ މަގުމަތީގައ ދޫރެސް ކަންމަތިންނެވެ.  މާހިރު ބޮލަށް ލަކުޑިގަޑަކުން ހަމަލާދިނުމުން މާހިރު ބިމަށް ވެއްޓުނު ވަގުތު މާހިރު އަތުގައި އޮތް ދަސް ފޭރިގަނެގެން ހަމަލާދިންމީހާވަނީ ފިލާފައެވެ. ފޭރިގަތް ދަބަހުގައި އޮތީ މާހިރުގެ މޯބައިލްފޯނާއި ފިހާރައިގެ ބައެއް ލިޔެކިއުންތައްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މާހިރުއަށް ހުޅުމީދޫ ސިއްހީމަރުކަޒުން ފަރުވާދިނުމަށްފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އިތުރުފަރުވާދުނުމަށްފަހު މިހާރުވަނީ ދޫކޮށްލެވިފައެވެ.  
މިމައްސަލަ ހުޅުމީދޫ ޕޮލިސްސްޓޭޝަނުން މިހާރު ދަނީ ތަހުގީގުކުރަމުންކަމަށާ އެހެން ނަމަވެސް މިމައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔރުކޮށްފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖާމިނުކުރެވޭގޮތް ދަށުކޯޓުގެ އެންމެ ފަނޑިޔާރަކަށް ނޭގޭތީ އެންމެންގެ ވަގުތު ގެއްލޭކަމަށް ވެއްޖެ: ޕީޖީ

ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ...

އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތަޢާރަފްކޮށްފި

ގިނަ އަދަދެއްގެ ފިލްމާއި ވީޑިއޯ ބަލާލެވޭ އެމޭޒަން ޕްރައިމް ވީޑިއޯ، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަކީ ...

ކޯވިޑް-19 : އިތުރު 58 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 58 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި ބަންގްލަދޭޝްގެ 39 ...