ޖާމިނުކުރެވޭގޮތް ދަށުކޯޓުގެ އެންމެ ފަނޑިޔާރަކަށް ނޭގޭތީ އެންމެންގެ ވަގުތު ގެއްލޭކަމަށް ވެއްޖެ: ޕީޖީ

ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ ބޮޑު ދެ މައްސަލައެއްގައި ކުށުގެ ތުހުމަތު ކުރެވޭ ފަރާތް އެހެން ބަޔަކު ޖާމިނު ކުރުމަށްފަހު ދަށު ކޯޓުން ދޫކޮށްލުމާއި ގުޅިގެންނެވެ. ޕީޖީ ވިދާޅުވީ ދަށު ކޯޓުގައި މަސައްކަތްކުރާ އެންމެ ފަނޑިޔާރަކަށް މިކަން ސާފު ނުވުމުން އެންމެންގެ ވަގުތު މިކަމުގައި ގެއްލެމުންދާކަމަށެވެ. ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމުމުން ޕީޖީ އޮފީހުން ޖެހެނީ ހައިކޯޓަށް ދާން ކަމުގައި ޕީޖީ ވިދާޅުވިއެވެ.

ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ، އަޅުގަނޑުމެން ޖެހެނީ ހައިކޯޓަށް ދާށެވެ. ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެއެވެ.

– ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އިއްޔެވެސް ވަނީ އާއިލާގެ ބަޔަކު ޖާމިނު ކުުރުމަށްފަހު ކުށުގެ ތުހުމަތު ކުރެވޭ ފަރާތް ދުކޮށްލާފައެވެ. އިއްޔެ ދޫކޮށްލީ މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ) އެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ، ޢާއިލާގެ 2 މެންބަރަކު ޖާމިނުކުރުމަށްފަހުއެވެ. ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާގެ ފަރާތުން ޖާމިނުވުމަށް ހުށަހަޅާފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނަޢީމާއާއި، ކޮއްކޮ އަފީފާ މޫސާއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް އެދެމީހުން ހާޒިރުކުރުމަށްފަހު ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ވަނީ ސާފުކޮށްފައެވެ. އެ ދެމީހުންވެސް ވަނީ އަންމަޓީ ފިލައިގެން ނުދާނެކަމުގެ ޔަޤީންކަންދީ، ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައިވަނީ އޭނާއަށް ޝަރުޠުތަކެއް ކުރުމަށްފަހުއެވެ. އެގޮތުން ރަސްމީ ކޮންމެ ދުވަހަކު 9:00އަށް ފުލުހަށް ހާޒިރުވެ ސޮއިކުރަން ޖެހެއެވެ. އަދި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކާ އެއްވެސް ގޮތަކުން މުޢާމަލާތް ނުކުރެވޭނެކަމަށާ، ޝަރީޢަތަށް އެއްބާރުލުންދީ އަޑުއެހުންތަކަށް ހާޒިރުވާންވެސް ޖެހޭނެއެވެ. ހަމައެހެންމެ ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުން ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލުނު ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ވަނީ މީހަކު ޖާމިނުކޮށް ދޫކޮށްލާފައެވެ. އަލީ ވަހީދު މިހާރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

މަަސްދަރު: ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑްބަލީގައި  ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ 

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ. އެޗްޕީއޭ އިން ބުނެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 73 ...

ޖާބިރުގެ ޔޮޓެއް ފަރަށް އަރައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް މަރާމާތަށްފަހު މޫދަށް ބާލައިގެން ދުއްވަނިކޮށް ފަރަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ...

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފިއެވެ. މަޤާމުން އިސްތިއުފާދެއްވިކަން އީސީގެ ރައީސް އަޙްމަދު ސުލައިމާން ކަށަވަރު ކޮށްދެއްވިނަމަވެސް ...