ކުޑަކާއްޓޭ، ބަޓިޝް، ޝާއިން ނުލާ ޤައުމީ ވޮލީ ސްކޮޑް 19 އަށް މަދުކޮށްފި

ރާއްޖޭގެ އެއްވަނަ ވޮލީ ކުޅުންތެރިންޔާ އިސްމާޢީލް ސާޖިދު (ކުޑަ ކާއްޓޭ) ނުލާ ޤައުމީ ވޮލީ ސްކޮޑް އިޢުލާންކޮށްފިއެވެ.

އިސްމާޢީލް ސާޖިދުގެ އިތުރުން ވެސް އެންމެ ފަހުގެ ސެންޓްރަލް ޒޯންގައި ވާދަކުރި ޓީމްގެ ހަތަރު ކުޅުންތެރިއަކަށް ވަނީ ފުރުޞަތު ގެއްލިފައެވެ. އެއީ ކެޕްޓަން އިޝާން މުހައްމަދާއި، މުހައްމަދު އަހުސަންއާއި، މުހައްމަދު ޝާޢީންއެވެ. މީގެއިތުރުން އަޝްފާޤު އާދަމްއަށްވެސް މިފަހަރުވެސް ޓީމުން ފުރުޞަތުދީފައެއްނުވެއެވެ. ދެން ފުރުޞަތު ގެއްލުނު މުޙިއްމު ކުޅުންތެރިއަކީ އަލީ އާމިރުއެވެ.

އިސްމާޢީލް ސާޖިދު ސްކޮޑުން ބާކީކޮށްފައިވަނީ އޭނާ އަމިއްލައަށް އެދިގެންނެވެ. އެއީ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭނެކަމަށް ސާޖިދު އަންގާފައިވާތީކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުވެލޭ މިފަހަރު ސްކޮޑްގެ އެވްރެޖް އުމުރަކީ 25 އަހަރެވެ. ޤައުމީ ސްކޮޑް 19 ކުޅުންތެރިންނަށް ތިރިކޮށްފައިވާއިރު، މިހާރު ސްކޮޑްގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)އެވެ.

ސްކޮޑާ ގުޅޭގޮތުން ވާހަކަދައްކަމުން ޤައުމީ ކޯޗު މުހައްމަދު ސާޖިދު ބުނީ އަބަދު އެއް ކުޅުންތެރިންތަކެއް ލައިގެން ވޮލީ ކުރި ނާރާނެކަމަށާއި، ސްކޮޑުން ބާކީވީވެސް ވަރަށް މުހިންމު ކުޅުންތެރިންތަކެއްކަމަށެވެ. އެކުޅުންތެރިން ނެތްތަން ޓީމުން ދައްކާނެކަމަށާއި، ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން ޒުވާން ކުޅުންތެރިން ލައިގެން ސެންޓަރަލް ޒޯންގައި ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމަށް ޤަބޫލު ކުރާކަމަށެވެ.

“ޓީމުން ބާކީވީވެސް ވަރަށް މުހިންމު ކުޅުންތެރިން. އަބަދު އެއްބައެއް ލައިގެން މިކަމެއް ނުވާނެ. ޓީމުން ބާކީވި ބައެއް ކުޅުންތެރިން ނެތްތަން ޓީމުން ވަރަށް ބޮޑަށް ދައްކާނެ. އެކުޅުންތެރިންނާއި އެއްވަރަށް ނުކުޅެވުނު ނަމަވެސް، މިހާރު ޓީމްގައި ތިބި ޒުވާން ކުޅުންތެރިން ވަކި ދޫނުކުރާނެ. މިހާރު ޓީމަށް ބަދަލު ގެންނަން އެބަޖެހޭ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ނޫނީ ވޮލީ ކުރިއެއް ނާރާނެ. އަހަންނަށް ވަރަށް އިތުބާރު އެބައޮތް މިކުޅުންތެރިންނާއި ދޭތެރޭގަ.” ކުރީގެ ކެޕްޓަން ބުންޏެވެ.

އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ)އަކީ ފަހުގެ ތާރީހުގައި ރާއްޖޭގައި އެފެދުނު އެންމެ މޮޅު ވޮލީ ކުޅުންތެރިޔާއެވެ. ކެޕްޓަން އިޝާން މުހައްމަދަކީ ބަރާބަރަށް ޓީމުން ޖާގަ ހޯދަމުން އައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ސެޓަރެވެ. މިފަހަރުގެ ޕްރެކްޓިސްތަކުގައިވެސް އޭނާއާއި އަލީ އާމިރު ބައިވެރިއެއްނުވެއެވެ.

ޤައުމީ ސްކޮޑް ބާރަ ކުޅުންތެރިންނަށް މަދުކުރާނީ މާރޗް މަހު ފަހުކޮޅުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢަލީ ޚާލިދު އައްޔަންކުރައްވައިފި

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް މ.ފިނިފަރު، ޢަލީ ޚާލިދު އައްޔަން ކުރައްވައިފިއެވެ. ޢަލީ ޚާލިދަކީ ...

ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން

ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން މިވަނީ ފެނިގެންގޮސްފައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއަކީ ...

އަސްލަމުއަށް ހުޅުމީދުން ހޫނު މަރުހަބާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް އަސްލަމް ހުޅުމީދުއަށް  ވަޑައިގަތުމުން އެމަނިކުފާނަށް މިއަދު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ...