ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ތަރައްޤީ ހަލުވިވެ ލިބޭ ފައިދާ ބޮޑުވާނެ: އިކްރާމް

advertisement

ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ޤައުމުގެ ތަރައްޤީ ހަލުވިވެ، ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

މެންބަރު އިކްރާމް މިހެން ވިދާޅުވީ، އިނގިރޭސި ބަހުގެ ދުވަހާއި ގުޅުވައިގެން އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއް ހިއްސާ ކުރައްވަމުންނެވެ.

އިކްރާމް ވިދާޅުވީ، ރާއްޖޭގައި ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތަށް، ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ، ރާއްޖެ ތަރައްޤީވެގެން އަންނަ ސްޕީޑް މާބޮޑަށް ހަލުވިވެ، ރައްޔިތުންނަށް ކުރާ ފައިދާ ބޮޑުވާނެ ކަމަށެވެ.

“ރާއްޖޭގެ އިޤްތިޞާދު ހިނގަނީ ވަރަށް ބޮޑަށް އިނގިރޭސި ބަހަށް ބަރޯސާވެގެން” އިކްރާމް ވިދާޅުވެފައި ވެއެވެ.

އިނގިރޭސި ބަހުގެ ދުވަސް ދުނިޔޭގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދު ވަކިކުރުން: ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާއާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ...

ބާސެލޯނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް ޖެހިލައިފި

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކޮށް ކުޅުނުމެޗު އެތުލެޓިކޯ މެޑްރިޑްކާމިޔާބުކޮށްފިއެވެ. އެތުލެޓިކޯ މެޑްރިޑް ދަނޑުގައި ރޭ ކުޅެވުނު ...

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 02 ސެޕްޓެމްބަރ 2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...