ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރެއްވީ އެކަމަށްޓަކައި ހާއްސަ ކުރެވިގެން ޖުމުހޫރީ މައިދާނުގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ޑރ. މުއިއްޒު ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ހޮވި ވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ކުރައްވައި %55 ގެ އަޣްލަބިއްޔަތުންނެވެ.

ނިމިދިޔަ އިންތިހާބަކީ މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާފައިވާ އިންތިޚާބުވެސްމެއެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތީ ފުރަތަމަ ބުރުގައި ވާދަކުރި 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ފުރަތަމަ ބުރުގައި %46 ވޯޓް ޑރ.މުޢިއްޒު ހޯއްދެވިއެވެ.

ޑރ. މުހައްމަދު މުއިއްޒު ވާނީ، ރާއްޖޭގެ ޖުމްހޫރީ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ފުރުއްވާ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ޕީއެންސީގެ ޓިކެޓްގައި، ވާދަވެރި މައިޕާޓީ ޕީޕީއެމްގެ ތާއީދާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަތީ ޖަލު ހުކުމެއްގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ގެއްލިވަޑައިގަތުމާ ގުޅިގެންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސީ ކެރިއަރު ފައްޓަވާފައިވަނީ އަދާލަތު ޕާޓީންނެވެ. އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ޑރ.މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު ހައުސިން މިނިސްޓަރުގެ މަގާމް އަދާކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުވެސް ހައުސިން މިނިސްޓަރުގެ މަގާމް އަދާކުރައްވާފައެވެ.

ޑރ.މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި އެމަނިކުފާނު ވަނީ ރާއްޖެ ދުށް އުމްރާނީ ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫޢުތައް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މީގެ ތެރޭގައި ސިނަމާލެ، ބްރިޖާއި، ހުޅުމާލެފޭސް ދޭއް ބިންހިއްކުމާއި ހިޔާ ފްލެޓްތައް ވުޖޫދަށް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގައިވެސް ޑރ.މުއިއްޒު ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗިކާއަށް ސިޔާސީ މަގާމެއް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް ނާފިޒު (ޗިކާ)އަށް ސިޔާސީ މަގާމެއް ދީފި އެވެ. ޗިކާ އައްޔަންކުރައްވާފައިވަނީ ފިޝަރީޒް ...

ގައުމު ސްޓްރީޓް ކަޕް _ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ސެމީފައިނަލަށް

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގައި މީދުން ވާދަކުރި ޓީމްތަކުގެ ތެރެއިން ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ...

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 68 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 68 މީހުން ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ...