އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 68 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 68 މީހުން ޕޮޒިޓިވްވެއްޖެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި ހަޔަކުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑް ޓެސްޓް ހެދުމަށް އައްޑޫސިޓީން ނެގުނު 156 ސާމްޕަލްގެ ތެރެއިން 68 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވްވި 24 މީހަކާއި ހުޅުދުން ޕޮޒިޓިވްވި 12 މީހުންނާއި މީދުން ޕޮޒިޓިވްވި 23 މީހުންގެ  އިތުރަށް މަރަދޫފޭދުން ޕޮޒިޓިވްވި 3 މީހުންނާއި ފޭދުން ޕޮޒިޓިވްވި5 މީހެކެވެ. އަދި މީގެ އިތުރަށް އެހެނިހެން ތަންތަނުން 6 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 3224 މީހުންގެ ތެރެއިން 2998 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާއި ހަމައަށް ބަލިން ފަސޭހަނުވާ 213 މީހަކު ހިމެނޭކަމަށްވެސް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 101 ކޭސް އުޅޭއިރު، މަރަދޫގައި 6 ކޭސް، ފޭދޫގައި 16 ކޭސް، މަރަދޫފޭދޫގައި 09 ކޭސް އަދި މީދޫގައި 47 ކޭސް ، ހުޅުދޫގައި 28 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ. އަދި މީގެ އިތުރަށް އެހެނިހެން ތަންތަނުން 6 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ތަފާތު ކުލަސްޓާތަކެއް އުފެދި މި ވަގުތު އައްޑޫސިޓީގައި  ބަލި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި ނުފެތުރޭނެހެން އުޅުމަކީ އެންމެ ރައްކާތެރިގޮތެވެ.

 ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ. އެހެންނަމަވެސް ކަރަންޓީނު ކުރެވިފައިވާ ގެތަކުގައި އުޅެމުންދާ މީހުން ރަށުތެރޭ އާއްމުންގެ ތެރޭގައި އުޅެމުންދާތަން ފެންނަމުން އެބަދެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 24  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ރޭ ދަންވަރު ގަދަވަޔާއެކު ކުރިވިއްސާރައިގައި މީދުއަށް ލިބުނު ގެއްލުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓަކުން ފެނިވަޑައިގަންނަވަނީ ރޭ ދަންވަރު 3:30 ހާއިރު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި މީދޫއަށް ލިބިފައިވާ ...

”އިންޑިޔާ އައުޓް“ އަކީ ރައީސް ޔާމީން ހިންގަވާ ޖަރީމާއެއް – ނާޒިމް

ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ ކެމްޕެއިން ”އިންޑިޔާ އައުޓް“ ކެމްޕެއިން އަކީ ...