ރާއްޖޭގެ އިގުތިސޯދު މިވަނީ ކުއްލި އަވަސް ފަރުވާއަށް ބޭނުންވެފައި- ރައީސް ޑރ: މުއިއްޒު

ރާއްޖޭގެ އިގުތިސޯދު މިވަނީ ކުއްލި އަވަސް ފަރުވާއަށް ބޭނުންވެފަ ކަމަށާ، މިއީ ތާރީގުގައި ވެސް އެންމެ ދަރަނި ބޮޑު ވަގުތުކަމަށްވާތީ އެކަމުން އަރައިގަންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް، މިއަދު ހުވާ ކުރެއްވި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒޫ ވިދާޅުވެއްޖެ އެވެ.

ރައިސްކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރެއްވި ތަގުތީރުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދަރަނި އެވަރަށް އޮތް ނަމަވެސް އެކަމުން އަރައިގަތުމަށް ހަލުވި ވިޔަވަޅުތަކެއް އަަޅުއްވާނެ ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރާއްޖެގެ އިގުތިސާދު އޮތީ އަވަސް ފަރުވާއަކަށް ބޭނުންނެފަ އެވެ.

“މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާ ހަވާލުވާ އިރު ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކު ޖުމްލަ 119 ބިލިިޔަން ރުފިޔާއަށް އަރާފައި. މިއީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަނި. އެހެން ނަމަވެސް މިކަންކަމުން އަރައިގަތުމަށް ޓަކައި އަޅުގަނޑުމެން ނިކަން ހަރުދަނާ ވަރަށް ހަލުވި ފިޔަވަޅުތައް އަޅާނަން،”

ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން މިހާރު އޮތީ ލާޒިމުވެފަ އެވެ. އެކަމަށް ޓަކައި އަޅުއްވާނެ އެންމެ މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރަން ފަށާފައިވާ މަޝްރޫއު އަވަހަށް ނިންމުމެވެ. އެ އެއާޕޯޓްގެ އާ ޓާމިނަލް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދަރަނިކުޑަކުރުމަށް ޓަކައި އަޅުއްވާނެ އަނެއް ފިޔަވަޅަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަަރަދުކުޑަކުރާނެ އާ ގޮތްތައް އީޖާދު ކުރުމެވެ

” ރާއްޖޭގެ އިޤްތިސާދު މިވަނީ، ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައި. ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމުވެފައި. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ނިންމައި، ޒަމާނީ އާ ޓަރމިނަލް ވަރަށް އަވަހަށް ހުޅުވާނަން. އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ. މިހާރު ރާއްޖެ އަންނަ ފަތުރުވެރީންގެ އެތައް ގުނައެއް އިތުރަށް، ފަތުރުވެރީން ރާއްޖެ އަންނާނެ. މީގެ އިތުރަށް، ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރާނަން”

ރައީސް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީދޫގައި ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މީދޫ ކޯގަންނު ގްރޫޕާއި ސިއްހީމަރުކަޒާ ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސފިއެވެ. ...

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލިހަކަށް މަޖިލިސް ހަދައިދޭން ބޭނުން- ރައީސް ނަޝީދު

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލީހަކަށް ހަދައިދޭނެން ބޭނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ ރައީސް ...

ހިންދޫ ދީން ފަތުރަން އުޅުނު މީހާ ޑީޕޯޓްކޮށްލައިފި

ހިންދޫ ދީން ފެތުރުމަށް ރާއްޖޭގައި ކުލާސްތަކެއް ނަގަން އުޅުނު މީހާ ޑީޕޯޓްކޮށްލައިފި އެވެ މާލޭގެ ހޮޓަލެއްގައި “ސްޕިރިޗުއަލް ހީލާ”އެއްގެ ...