ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ފެށިގެންދާނެ

އައު ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި އައްޑޫ ސިޓީ ހުޅުމީދޫގެ ބުރިޖު މަސައްކަތް ފެށޭނެ ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ރޭ އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އައު ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމީދޫ ބުރިޖުގެ މަސައްކަތް ފެށޭނެކަމުގެ ޚަބަރު ހުޅުމީދޫ ރައްޔިތުން ދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު، ވިދާޅުވެފައިވާ ކަމަށެވެ. ހުޅުމީދޫ އަކީ އައްޑޫ ސިޓީގައި ވަކިން އޮންނަ ރަށެކެވެ. ހުޅުމީދޫ އާއި ހިތަދޫ، ގުޅާލުމަކީ އިންތިޚާބީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. ހުޅުމީދޫއާއި ހިތަދޫ ގުޅާލާ ބްރިޖްގެ ސަރވޭއަށް އަންނަ އަހަރުގެ ބަޖެޓްގައި 30 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

މިޖަލްސާގައި، ޢަބްދުއްރަޙީމް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ޕީޕީއެމް/ޕީއެންސީން ކާމިޔާބު ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މަޖިލީހުގެ ތަނަވަސް އަޤުލަބިއްޔަތެއް ޕީޕީއެމް/ޕީއެންސީއަށް ލިބުމަކީ އިންތިޚާބީ ރައީސްގެ ވަރަށްބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ..

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޢަބްދުއްރަޙީމް ވިދާޅުވީ މަސައްކަތް ކޮށްފިނަމަ، މަޖިލިސް އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނެ ކަމުގެ ހެކި، ނިމިދިޔަ ރިޔާސީ އިންތިޚާބުން ފެނިގެން ގޮސްފައިވާކަމަށެވެ.

“ރައްޔިތުންގެ ގޭގައި ރައްޔިތުންގެ މަންދޫބަކު ތިބެގެން ސަރުކާރަށް އެއްބާރުލުން ދީގެން، ސަރުކާރުން ބޭނުންވާ ގޮތަށް މަސައްކަތް ކޮށްގެން ނޫނިއްޔާ، ދިވެހީންގެ ރާއްޖެއެއް ދިވެހިންނަކަށް ހޯދޭކަށް ނެތް. އެހެންވީމަ އެމަނިކުފާނު (ޑރ. މުޢިއްޒު) އެދިވަޑައިގަންނަވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިބޭފުޅުންގެ ދާއިރާއަށް ނިސްބަތްވާ ގޮޑިތައް ޕީޕީއެމް/ޕީއެންސީއަށް ހޯއްދަވާ ދެއްވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރެއްވުމަށް.”

ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަހީމް ވިދާޅުވީ މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބުތަކުގެ ތެރެއިން އައްޑޫ ސިޓީން އެންމެ ބޮޑު ތާޢީދެއް ލިބުނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކަމަށެވެ. އެހެންކަމުން އެކަމަށް ޝުކުރު އަދާކުރެއްވުމާއެކު، މަޖިލިސް އިންތިޚާބުގެ ކެންޕޭނު ދަތުރު އައްޑޫ ސިޓީން ފެއްޓެވުމަށް އިންތިޚާބީ ރައީސް ބޭނުންވެވަޑައިގެންނެވި ކަމަށެވެ. އަދި މިދަތުރަކީ މިގޮތުން ކުރެވޭ ދަތުރެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މިސަރުކާރުން ޕީޕީއެމް/ޕީއެންސީ ރޫޅާލުމަށާއި ބައިބައި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް މި ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ތުހުމަތު ކުރެއްވިއެވެ. އެގޮތުން ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލެއްވި ކަމަށާއި، އެންމެ ބޮޑު އަނިޔާއެއް މިސަރުކާރުން ކުރެއްވީ ރައީސް ޔާމީނަށް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެހެންނަމަވެސް، ޕީޕީއެމް/ޕީއެންސީ ކުރިއަށް ދިޔައީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ވިދާޅުވަމުން އަބްދުއްރަހީމްވަނީ ޕީޕީއެމް/ޕީއެންސީ އަބަދުވެސް ކުރިއަށް ދާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި، ކަންކަން ކުރައްވާނީ އެ މަނިކުފާނުގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށް ވިދާޅުވާ ވިދާޅުވުން، ޢަބްދުއްރަޙީމް ތަކުރާރު ކުރެއްވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ކުރާ މިދަތުރުގެ ތެރެއިން އައްޑޫ ސިޓީގެ ސްޓިއަރިން ކޮމިޓީތަކާއިއެކު ބައްދަލުވުންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ބައްދަލުވުން ތަކަކީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ބައްދަލުވުންތަކެއް ކަމަށް ޕީޕީއެމުން ބުނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ...

ބޯވަނަގަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަމުންދަނީ

މިއަދު ހެނދުނު ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ގޮސްގެން އުޅެނިކޮށް ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ...

ކޮވިޑްގައި މިއަދު ހަތަރު މީހަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި މިއަދު ހަތަރު މީހަކު ނިޔާވެއްޖެއެވެ. ކޮވިޑް ބަލީގައި މިއަދު ހަތަރު  މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ ...