ބޯވަނަގަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަމުންދަނީ

މިއަދު ހެނދުނު ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ގޮސްގެން އުޅެނިކޮށް ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުން ބުނެފިއެވެ.

ކޯސްޓްގާޑުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ ހދ. ކުމުންދޫ އަރާއިރުގޭ ޝްރޭހް ހަސަން ނަމަކަށްކިޔާ 21 އަހަރުގެ ޒުވާނެއް ކަމަށެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 8:58 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ގެއްލިގެން އުޅޭ ޒުވާނާ އެންމެ ފަހުން ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 : މީދޫއާއި ހުޅުދުން އިތުރު 33 މީހަކު ޕޮޒިޓިވްވެއްޖެ

މީދޫއާއި ހުޅުދުން އިތުރު 33 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ ...

ތަރައްގީއަށް މިސަރުކާރުން އިންގިލާބީ ބަދަލު ގެނެސްފި: ނައިބް ރައީސް

ތަރައްގީގެ ކަންކަމުގައި ސަރުކާރުން ގެންދަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ...

47 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރައިފިއެވެ. ...