ކޮވިޑްގައި މިއަދު ހަތަރު މީހަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި މިއަދު ހަތަރު މީހަކު ނިޔާވެއްޖެއެވެ.

ކޮވިޑް ބަލީގައި މިއަދު ހަތަރު  މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ ލާމު އަތޮޅުން ނިޔާވި ދެމީހަކާއި އައްޑޫއިން ނިޔާވި މީހެއްގެ އިތުރަށް  ހުޅުމާލެއިން ނިޔާވިމީހެކެވެ

ރާއްޖެއިން މިއަދު ފުރަތަމަ މީހާ ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ 63 އަހަރުގެ އަންހެނެކެވެ.

ދެވަނަ މީހާ ނިޔާވީ ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ 79 އަހަރުގެ ފިރިހެނެކެވެ.

މިއަދު ކޮވިޑްގައި ތިން ވަނަ މީހަކު ނިޔާވެފައި ވަނީ އައްޑޫ ސިޓީންނެވެ. އެއީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން  މިއަދު މެންދުރު 1:47 ހާއިރު ގަމު ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އެއި 84 އަހަރުގެ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 269 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑްގައި މިއަދު ހަތަރު މީހަކު ނިޔާވެފައިރު، އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 2،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ. ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާރު 9،574 މީހަކަށް ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 43 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެމްބަރު ވަހީދަށް މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަރާލަންޖެހޭކަމަށް ބުނެ ފޭސްބުކްގައި ލިޔުނު ނ. ކުޑަފަރީ ...

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

މާލެ އާއި އިނގުރައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ. ޑްރަގް އެންފޯރސް ޑިޕާޓްމެންޓު އެކްޓިންގ ...

އިއްމެ ގޯލަކާ އެކު ސެމީގެ ފަހު ޖާގަ ހަބޭސް އަށް

“ގައުމު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ މީދޫގައި މިހާރު ކުރިއަށްދާ ” ގައުމު ސްޓްރީޓް ކަޕްގެ ” ...