ޝަރީފީ ޕްރީސްކޫލްގައި މާމަ ކާފަ ދުވަސް ފާހަގަކޮށްފި

ޝަރީފީ ޕްރީސްކޫލްގައި މާމަ ކާފަ ދުވަސް ފާހަގަކޮށްފިއެވެ.

ޝަރީފީ ޕްރީ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ” މަގޭ އާއިލާ ” މިތީމުގެ ދަށުން މާމަ، ކާފަ ދުވަސް އެސްކޫލްގައި ފާހަގަކޮށްފައިވަނީ ޅަދަރިންގެ ހިތްތަކުގައި މާމައިންނަށާއި ކާފައިންނަށް ލޯތްބާއި އަޅާލުމާއި، އިހުތިރާމް އެންމެ މަތީދަރަޖައަކަށް ދިނުމަކީ މުހިއްމުކަމެއްކަމުގައި ބުނެދިނުމަށާ  އެކުވެރި، އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ޅަދަރިންނަށް ދަސްކޮށްދިނުމުގެ ގޮތުންކަމަށެވެ.

މާމަ ކާފަ ދުވަސް ފާހަގަ ކުރުމުގެ ފަރާތުން ޝަރީފީ ޕްރީސްކޫލްގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ދަރިވަރުންގެ ފަރާތުން މާމަ، ކާފައިންނަށް ހަދިޔާ ހަވާލް ކުރުން ކުރިއަށް ގެންދެވުނެވެ. އަދި މީގެ އިތުރަށް މާމަ ކާފައިންގެ ފަރާތުންނާއި ދަރިވަރުންގެ ފަރާތުން ތަފާތު މުނިފޫހި ފިލުވުމުގެ ހަރަކާތް ތަކެއް ކުރިއަށް ގެންދެވުނެވެ. 

މާމަ ކާފައިންގެ ދުވަސް ޝަރީފީ ޕްރީސްކޫލްގައި ފާހަގަކުރުމަށް ބޭއްވުނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ބޭއްވިފައިވަނީ އެސްކޫލްގެ ބެލެނިވެރީންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއެކުގައިކަމަށްވެސް އެސްކޫލުން މައުލޫމާތު ދީފައިވެއެވެ.

މާމަ ކާފަ ދުވަހެއް ފާހަގަކުރަނީ އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ހިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، އެމީހުންނަށް ލިބިފައިވާ މައުލޫމާތާއި ތަޖުރިބާ ޅަދަރިންނާއި ޒުވާނުންނަށް ހިއްސާ ކުރުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރެވިގެންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ވޭރާނޑި މައިޒާން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ މީދޫ ” ވޭރާނޑި މައިޒާން”  – މި މައިޒާން އަކީ މީދޫ ...

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް އައްޑޫސިޓީ ގަމުގައި

އައްޑޫ ސިޓީ ގަމުގައިހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ދާކަމަށް، މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެމްއެންޑީއެފް އިން ބުނެފިއެވެ. ...

ޣީބަ ބުނުމާއި ނެތިމޮށުމުން ދުރުހެލިވާންޖެހޭ: ޚުޠުބާ

ޣީބަނުމާއި، ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި ގެއްލުންތަކަށް މަގުފައިވާ ކަންތައްތަކާ ދުރުހެލިވުމަށް އެންމެހާ މުސްލިމުންނަށް އިއްޔެގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.ރާއްޖޭގެ މިސްކިތްތަކުގައި ...