ބީއެމްއެލްއަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފުލާއެއް ބާއްވައިފި އެވެ.

އެ ހާއްސަ ހަފުލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ހިދުމަތްކޮށްފައިވާ 64 މުވައްޒަފުންނަށް އެވޯޑު ދީފައިވާ ކަމަށް ބީއެމްއެލުން ހާމަކޮށްފައިވެއެވެ.

ބީއެމްއެލުން ވަނީ 40 އަހަރުގެ ދިގު މުއްދަތެއްގައި އެ ބޭންކަށް ހިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް ހާއްސަ އެވޯޑެއް ދީފައެވެ. އޭގެ އިތުރުން 35 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓަސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަރު އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއާ އޮފިސަރު އައިމިނަތު ނަސީރުގެ ހިދުމަތްވެސް އެ ހަފުލާގައި ހާއްސަ ގޮތެއްގައި ފާހަގަކޮށްފައިވާ ކަމަށް ބީއެމްއެލުން ހާމަކޮށްފައިވެއެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. އެ ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރު ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމުގެ އިތުރުން މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތަކެކެވެ. 

ބީއެމްއެލުން ރޭ ބޭއްވި ލޯންގް ސާވިސް އެވޯޑަކީ ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް އެ ބޭންކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި އަހަރުގެ އޯގަސްޓް މަހު ބީއެމްއެލުން ވަނީ ވަޒީފާ އަދާކުރުމުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް އެ ބޭންކުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ސްޓާފް އެވޯޑް ބާއްވާފަ އެވެ. 

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެއިން އިތުރު ދެމީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ

މާލެއިން އިތުރު ދެމީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ. އެޗްޕީއޭ ...

ވެންޓިލޭޓަރު މައްސަލާގައި ޕީޖީގެ ނިންމުމުގެ ތަފްސީލް މިއަދު 1 ޖަހާއިރު ހާމަކުރަނީ

ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ...

ވެކްސިން ނުޖަހާ މީހުން ކަރަންޓީން ނިމުމުން ޓެސްޓު ކުރަން ފައިސާ ދައްކަން ޖެހޭގޮތް ހަދަނީ

ކޯވިޑް-19 ވެކްސިން ނުޖަހާ މީހުން ދަތުރު ކުރުމަށް ފަހު ކަރަންޓީން ނިމުމުން ނަގާ ރިލީޒް ސާމްޕަލް ނަގަން ފައިސާ ...