ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު އިންތިޚާބުގައި ވާދަކުރެވެންވާނެ- މަހުލޫފު

ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު އިންތިޚާބުގައި ވާދަކުރެވެންވާނެކަމަށާ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ނިންމި ނިންމުމާ ގުޅިގެން ޙައްޤު ހޯދަން މަސައްކަތްކުރާނެކަމަށް ޔޫތު މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިހެން ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރެއްވުމަށް އޭނާ ނިންމަވާފައިވަނިކޮށް އިންތިޚާބުގައި ވާދަކުރެވުމަށް ޝަރުތު ހަމަނުވާކަމަށް އެމްޑީޕީން އެންގުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

މަހްލޫފު ވިދާޅުވީ މިއީ އެމްޑީޕީއން އަބަދުވެސް ވަކާލާތުކުރި، އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤާއި ދިމާ އިދިކޮޅު އަދި ޑިމޮކްރަސީގެ ރޫހާއި ވެސް ޚިލާފު ނިންމުމެއް ކަމަށެވެ.

” ‏ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، މަޖިލިސް މެންބަރު ކަމަށާއި، އެމްޑީޕީގެ ރައީސްކަމަށާއި، ނައިބު ރައީސް ކަމަށާއި، ޗެއަރޕަރސަން ކަމަށާއި ކައުންސިލް އިންތިޚާބަށްވެސް އަޅުގަޑު ޝަރުހަމަވޭ . އަދި ވަޒީރެއްގެ ހައިސިއްޔަތުން ޤައުމީ މަޖިލީހުގައި ހުރެވިފައި، ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތެއް ނެތުމަކީ ހަމަޖެހޭކަމެއްނޫން.   އަދި ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު އިންތިޚާބުގައި ވާދަކުރެވެންވާނެ. މި ޙައްޤު ހޯދަން މަސައްކަތްކުރާނަން “

މަހްލޫފް ވިދާޅުވިއެވެ.

އެމްޑީޕގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީޤު ސޮއިކުރައްވައި، މަހްލޫފަށް ފޮނުއްވި ސިޓީއެއްގައި ވަނީ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެތެރެއިން ޤައުމީ ހިންގާ ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތައް ބެލުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވުމުން، މަހްލޫފުގެ މައްސަލައެއް އޮތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ ކަމަށެެވެ. އެ ގޮތުން އިންތިޚާބުގައި ވާދަކުރެވުމަށް ޝަރުތު ހަމަނުވާކަމަށް ކޮމިޓީން ނިންމާފައިވާތީ ކެންޑިޑޭޓުންގެ ލިސްޓުގައި މަހުލޫފުގެ ނަން  ހިމަނާފައިނުވާ ވާހަކަ ދަންނަވާކަމަށެވެ.

މިގޮތައް މަހުލޫފަށް އެންގުމުން މަހްލޫފު އިތުރަށް ވިދާޅުވީ މި ހިނގާ ކަންކަމަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅޭކަމެެއް ނޫން ކަމަށާއި، މިއީ ސިޔާސީކަމެއް ކަމަށެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މަހްލޫފު 33،000 އެމެރިކާ ޑޮލަރު ނެންގެވިކަމަށް އޭސީސީން ވަނީ ބުނެފައެވެ. އެ ގޮތުން މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި، އެ ކޮމިޝަނުން ވަނީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް މަހުލޫފުގެ މައްސަލަ ފޮނުވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ- ރައީސް ސޯލިހު

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހްކުރާނެކަމުގެ ސިގްނަލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވައިފިއެވެ. މިފަދަ ސިގްނަލެއް ރައީސް ސާލިހް ...

ކޯވިޑް-19 : އިތުރު 6 މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 6 މީހަކު އަނެއްކާވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް މީހަކާއި، ...

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ: ސުޕްރީމް ކޯޓު

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ...