އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވަން އދ.ގެ ހާއްސަ ކުއްލި ބައްދަލުވުމަކަށް ރާއްޖޭން އެދިއްޖެ

ފަލަސްތީންގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އދ.ގެ ހާއްސަ ކުއްލި ބައްދަލުވުމެއް ބާއްވައި ދިނުމަށް ރާއްޖޭން އެދިއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން އަދި އެހެން ބައެއް ގައުމުތަކުގެވެސް ތާއީދާ އެކު އދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ހާއްސަ ކުއްލި ބައްދަލުުވމެއް ބާއްވައި ދިނުމަށް އެދިފައިވާ ކަމަށެވެ.

އެގޮތަށް ރާއްޖޭން އެދުނީ އދ. ގެ ‘ޔުނަޓިން ފޯ ޕީސް’ ގަރާރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

‘ޔުނައިޓިން ފޯ ޕީސް’ ގަރާރަކީ ދުނިޔޭގެ ސުލްހަ އާއި ހަމަޖެހުން ގާއިމުކޮށްފައި ބޭއްވުމުގެ ޒިންމާ އދ. ގެ ސެކިޔުރިޓީ ކައުންސިލަށް އަދާނުކުރެވޭ ކަމަށް މެމްބަރު ގައުމުތަކަށް ފެންނަ ހާލަތްތަކުގައި އެމެޖެންސީ ސްޕެޝަލް ސެޝަނަކަށް ގޮވައިލުމުގެ އިހުތިޔާރު ދޭން ވެގެން 1950 ވަނަ އަހަރު ފާސްކުރި ގަރާރެކެވެ.

އެ ގަރާރުގެ ދަށުން މިހާތަނަށް 11 މައްސަލައަކާ ގުޅިގެން އާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުން ބާއްވާފައިވާއިރު ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަކީ 10 ވަނަ މައްސަލަ އެވެ.

އެ މައްސަލައާ ގުޅިގެން ފުރަތަމަ ޝެޝަންއެއް ބޭއްވީ އެޕްރީލް 1997 ގައެވެ. އެއީ އިޒްރޭލުން ފަލަސްތީނުގެ ބިމުގައި 6،000 އަށް ވުރެ ގިނަ ގެދޮރު އަޅަން ނިންމުމާ ގުޅިގެން ގަތަރުގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެކެވެ. އެންމެ ފަހުން އެފަދަ ޝެޝަނެއް ބޭއްވީ ޖޫން 2013 ގަ އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމުތަކުގެ ތެރޭގައި އިޒްރޭލަށް ވާގިދޭ ގައުމުތައް ތިބި އިރު، ރާއްޖޭން ބާއްވައިދޭން އެދިފައިވާ ހާއްސަ ކުލި ބައްދަލުވުމަކީ އދ. ހުއްޓުވާފައި ބޭއްވުމުގެ ޖާގަ ގެއްލުވާލަން އެހެން މެމްބަރު ގައުމުތަކަށް ލިބޭ ހަމައެކަނި ފުރުސަތެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެރިކަމުގެ ދައުރާ މެދު ސާފު ޖަވާބެއް އިބޫ ނުދެއްވި

ވެރިކަމަށް ވަޑައިގަންނަވާނީ ފަސް އަހަރަށްތޯ ނުވަތަ ދެއަހަރާއި ބައިގެ މުއްދަތަށްތޯ ކުރެވޭ ސުވާލަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ...

އައްޑޫގެ މަޝްރޫއުތައް އަވަސްކުރަން، ދުވަސްކޮޅަކަށް އަސްލަމް އައްޑޫ ސިޓީގައި މަޑުކުރައްވަނީ

އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް އަވަސްކުރަން ދުވަސްކޮޅަކަށް އައްޑޫ ސިޓީގައި މަޑުކުރަން ނިންމާފައިވާ ކަމަށް ހައުސިން ...

އެމްޑީޕީ ތެރޭގައި މައްސަލައެއް ނޫޅޭ: ވަޙީދު

އެމްޑީޕީ ތެރޭގައި މައްސަލައެއް ނޫޅޭކަމަށްއެމްޑީޕީގެ ކޮންގްރެސް ހިންގާ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ފަލަސުރުޚީ ...