މިއަދުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު- މިއަދުވެސް އީވާ ސަލާމުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ މިއަދުވެސް ބޭއްވޭގޮތެއްނުވުއެވެ.

އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކުރިއަށް ގެންދެވިފައި ނުވެއެވެ. އަދި މިއަދުވެސް އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުއްވާފައެވެ.

އިއްޔެގެ ޖަލްސާ ކެންސަލްކުރިކަން އިއުލާނުކުރައްވަމުން އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އީވާ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހުގެ އިދާރާއަށް ލިއުމުން އެންގެވީ އިއްޔެ ހެނދުނު ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއްގެ ނޯޓިސް މެމްބަރުންނަށް ފޮނުވުމަށް ފަހު އެ ނޯޓިހުގެ މުއްދަތު ހަމަވެފައިިވާ ނަމަ އެންމެ ފުރަތަމަ އަށް އަންނަ ރަސްމީ ދުވަހު އެ ޖަލްސާ ބާއްވަން ޖެހޭ ކަމަށާއި އެހެންވީމާ މިއަދު ޖަލްސާއަށް ވެސް އެޖެންޑާ ކުރާނީ އެ މައްސަލަ ކަމަށެވެ.

ނިއުޝާއަށް އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ މަޖިލީހުގެ ގަވައިދުގެ 246 ވަނަ މާއްދާގެ ދަށުން ސަލާމް ފޮނުއްވާ ކަމަށެވެ. މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތަކާ އެކު ފޮނުއްވި ސިޓީގައި އޭނާ އެދިވަޑައިގެންފައި އޮތީ އެ ލިޔުންތައް މަޖިލީގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ހިއްސާކޮށްދެއްވުމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް އެމަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ 12 އޮކްޓޯބަރުގައެވެ. 49

މެންބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ވެސް އޮކްޓޯބަރު މަހުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ކުރިއަށްދާކަމަށް ބުނާ 60 ޕްރޮޖެކްޓް ހޯދާހޯދާވެސް ނުފެނުނު: ސައީދު

އައްޑޫ ސިޓީގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވި 60 ޕްރޮޖެކްޓް ކުރިއަށްދަނީ އައްޑޫ ސިޓީގެ ކޮންތާކުކަމެއް ...

މީދުއަށް ސިޔާސީ ބާރުވެރިކަން ހޯދަން ލިބޭ  އެންމެ ފަހި ފުރުސަތު- ޝާހިދު

މީދޫގެ ސީޔާސީ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި މީދޫއަށް އުފަން މީދޫގެ ތައުލީމީ ގާބިލް ބޭފުޅަކު މަޖިލިހުގެ މީދޫ ދާއިރާގެ ގޮޑިއަށް ...

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އދ 76 ވަނަ  އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބްވެ ވަޑައިގެންފިއެވެ. އަބްދުﷲ ...