ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް

advertisement

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އދ 76 ވަނަ  އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބްވެ ވަޑައިގެންފިއެވެ. އަބްދުﷲ ޝާހިދު މިމަގާމަށް ހޮވިވަޑައިގެންފަވަނީ މިމަގާމަށް އޭނާއާ ވާދަ ކުރެއްވި ކެންޑިޑޭޓް އަފްޣާނިސްތާންގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއޭ ރަސޫލް އާއި ވާދަކޮށް ބޮޑުތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.  

ރާއްޖޭގެ ގަޑިން މިރޭ 7:00 ގައި އދ ގެ އާއްމު މަޖިލިހުގައި ނެގުނު ސިއްރުވޯޓްގައި ޝާހިދުއަށް 143 ލިބިފައިވާއިރު މިމަގާމަށް ޝާހިދުއާއި ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ޝާހިދު ރައީސްކަމަށް ހޮވިވަޑައިގަތް އދ. ގެ 76 ވަނަ އާންމު މަޖިލިސް ދައުރު ފަށަން ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ. އދ އާއްމު މަޖިލިހުގެ ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ގަވާއިދުތައް ހަމަޖެހިފައިވާގޮތުން އާ މަޖިލިހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހެ އެވެ.

ރާއްޖެއަށް ލިބުނު މިކާމިޔާބީއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރުހަބާ ވިދާޅުވެ ޓުވީޓް ކުރައްވައިފަ އެވެ. އެ މަނިކުފާނު  ޓުވިޓާގައި ވިދާޅުވި ވިދާޅުވެފައިވަނީ  މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށާ ރާއްޖެ ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް އާއްމު މަޖިލިހުގައި ޝާހިދު ކުރައްވާނެކަން އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ސޯލިހުގެ ޓުވިޓާގައި ވިދާޅުވެފައިވެއެވެ.

މި އިންތިހާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައެޅި އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަގީގަތް އޮޅުވައެއް ނުލެވޭނެ، ރިލްވާންގެ އާއިލާއިން ކޯޓަށް ދިޔަސް ޖެހިލުމެއް ނުވޭ: އުމަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ޖެހިލުންވެ ވަޑައިނުގަންނަވާ ...

ރާއްޖޭގެ ކަންކޮޅުތަކުގައި ޓެސްޓުކުރަންވެއްޖެ: ޣައްސާން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ބައްޔަށް ޓެސްޓުކުރަން ފެށުމަށް ރައްޔިތުން މަޖިލިހުގެ ކޮޅުމަނޑުލު ގުރައިދޫ ދާއިރާ މެންބަރު ޣައްސާން ...

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިއަހަރުގެ ޖުލައި މަހު ހުޅުވޭނެ ކަމަށް ލަފާކުރެވޭ: މިފްކޯ

މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވޭވަރު ވާނެ ކަމަށް މިފްކޯއިން ބުނެފިއެވެ. މިކަމާ ...