އިޒްރޭލު ރައްޔިތުން ރާއްޖެ އަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ސަރުކާރުން އަންގައިފި

ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް، ދިވެހިން ތިބީ އެ ޤައުމާއެކު ކަން ހާމަކުރަމުން އަންނާތީ، އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ރޭ ދަންވަރު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ރާއްޖޭގެ މާހައުލު މިހާރު އޮތީ އިޒްރާއީލާ ވަރަށް ބޮޑަށް ދެކޮޅަށް ކަމަށެވެ.

އެހެންކަމުން، އެ މިނިސްޓްރީން ވަނީ މި ދުވަސްވަރު އިޒްރޭލު މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އަންގާފައެވެ.

އިޒްރޭލު ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ސަރުކާރުން އަންގާފައި ވާއިރު ބައިނަލްއަގްވާމީ މައިދާނުތަކުގައި ވެސް އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް،ދިވެހި ސަރުކާރުން ދަނީ ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަ ކުރުމަށް މިދިޔަ ހުކުރު ދުވަހު ވަނީ އާޓިފިޝަލް ބީޗާއި ރާއްޖޭގެ އެކި ރަށްރަށުގައި އެއްވެ ހިނގާލުން ބާއްވާ ޝުއޫރު ފާޅުކޮށްފައެވެ.

ހަމަ އެހެންމެ ޔަހޫދީ އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 : ނިއުލައިންގެ ކްލަސްޓާ – އެންމެންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުން – ހުޅުމީދޫ ސިއްހީމަރުކަޒު

 އެޕްރީލް 28 އަދި 29 ވަނަ ދުވަހު ހުޅުމީދުން ނެގުނު ސަވައިލެންސް ސާމްޕަލްތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވުމާއެކު ...

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ މަޖިލިހަށް ކުއްލި މައްސަލައެއް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ...

ބަލި މީހުން އުފުލޭގޮތް ހެދުމަށް މަންތާއާއި، ފްލައިމީއަށް އަންގައިފި

މަންތާ އާއި ފްލައިމީ އިން ސްޓެޗަރުގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސަން ...