ސްޕޭނުގެ ލަލީގާގައި ރޭ އަލަވޭސް އަތުން ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގެ ކުޅުންފެށިގެން ބާސެލޯނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް  މެޗްގެ 23 ވަނަ މިނިޓްގައި އަލަވޭސްއިންވަނީ ލަނޑެއްޖަހާ މެޗްގެ ލީޑްް ނަގާފައެވެ. ކައުންޓާ އެޓޭކެއްގައި އަލަވޭސްގެ މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯން ގިޑެޓީއެވެ.

އަލަވޭސް ލަނޑެއް ޖަހާ މެޗްގެ ލީޑް ހޯދުމުންް ބާސެލޯނާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، އަލަވޭސްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގައި  ބާސެލޯނާ އަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރެވުނީ 72 ވަނަ މިނިޓްގައި  ލުއިސް ސުއާރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސުވަރޭޒްގެ މިލަނޑަކީ އިނިއެސްޓާ ތަނަވަސްކޮށްދިން ބޯޅައަކުން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ރޭގެ މިމެޗުން ބާސެލޯނާ މޮޅުވި ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީއެވެ. މެސީގެ މިލަނޑަކީ އަލަވޭސްގެ ގޯލް އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެސީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޭމާއަށް ދެ މެޗުގެ ސަސްޕެންޝަނެއް

ނޭމާގެ އިތުރުން ޕަރޭޑޭސް 2 މެޗަށް ، ކުރްޒާވާ 6 މެޗަށް ، އަމާވީ 3 މެޗަށް އަދި ...

ޕްރިމިއާލީގު: ބޯންމައުތުގެ މައްޗަށް 2 ލަނޑު 1 ލަނޑުން އާސެނަލް ކުރިހޯދައިފިއި

އިގިރޭސި ޕްރިމިއާލީގުގައި ބޯންމަތްގެ މައްޗަށް 2 ލަނޑު 1 ލަނޑުން އާސެނަލް ކުރިހޯދައިފިއެވެ. ބޯންމަތްގެ ދަނޑުގައި ރޭ ކުޅުނު ...

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާ އިރު ރެއާއި އިއްޔެ ކުޅެވުނުމެޗްތަކުގެ ނަތީޖާ

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާ އިރު ރެއާއި އިއްޔެ ކުޅެވުނުމެޗްތަކުގެ ނަތީޖާ ބާލިން އާއި ބްރައިޓަން ...