އިންތިޚާބީ ރައީސް ޑރ. މުއިއްޒުއަށް މޯޑީ މަރުޙަބާ ވިދާޅުވެއްޖެ

އިއްޔެ އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރައްވާ، ރާއްޖޭގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ މަރުހަވާ ވިދާޅުވެއްއެވެ.

މޯޑީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިޚާބީ ރައީސަށް މަރުހަބާ ވިދާޅުވާ ކަމަށާއި، އެތައް ގޮންޖެހުމެއްގެ ތެރެއިންވެސް މިއަދާއިހަމަޔަށް ދެމިއޮތް އިންޑިއާ-ރާއްޖޭގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމުގައެވެ.

މޯޑީގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އިތުރުން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިތުރަށް ގުޅުން ބަދަހި ކުރުމަށް އިންޑިއާއިން ބޭނުންވާ ކަމުގައެވެ.

މޯޑީ އިންތިޚާބީ ރައީސް ޑރ. މުއިއްޒުއަށް މަރުހަބާ ވިދާޅުވިއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގަވެސް އަދި އޭގެ ކުރިންވެސް މުއިއްޒު ވިދާޅުވަމުން ގެންދަވާފައިވަނީ ރާއްޖޭގައި އޮތް އިންޑިއާގެ ނުފޫޒު ނައްތަވާލައްނޭކަމަށާއި، ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލާނޭ ކަމުގައެވެ.

އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރާއްޖޭގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީގެ ތަރައްގީގެ މުހިންމު މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މަޝްރޫޢަކީ ތިމަލާލެ ބުރިޖް މަޝްރޫއެވެ.

މަސްދަރު: ޚަބަރު.ކޮމް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެ- މަހުލޫފު

މަސައްކަތް ކޮށްކޮށް ވަރުބަލިވެފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ނ. ވެލިދޫ ...

އިންޑިއާއިން ރާއްޖެ ހިފުމަށް ގޮވާލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ކޮޅުނބުގައި ބައްދަލު ކުރުމަށްފަހު ރާއްޖެ ބާރުގެ ބޭނުންކޮށްގެން ހިފުމަށް އިންޑިއާގެ ރާޖަ ސަބާގެ ...

އާސެނަލުން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ...