ސްޕޯޓްސް ފިޝިިން ކަނދުފަތި އަޅައިދެވޭނެ- ހުސެން ރަޝީދު

ސްޕޯޓްސް މަސްވެރިކަމަށް ޚާއްސަކޮށްގެން  މަސްކަނދުފަތިތަކެއް  އެޅުމަށް ހަމަޖެހިފައިވާކަމަށް  ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު  ހުސެން ރަޝީދު މިހެން ވިދާޅުވީ، ރަށްޔިތުންގެ މަޖިލިހުގެ ކެޔޮދޫ ދާއިރާގެ  މެންބަރު ހުސެއިން ގާސިމް ރައްޔިތުންގެ މަޖިލީހުގެ ހޯމަދުވަހުގެ ޖަލްސާގައި މިނިސްޓަރު ހުސެން ރަޝީދަށް ދެންނެވި   ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ސްޕޯޓްސް މަސްވެރިކަމަށް ބޭނުން ކުރެވޭގޮތަށް އަތޮޅުތަކުގެ ބޭރުދުނި ކައިރީގައި ކަނދުފަތި އެޅުމުގެ މަސައްކަތް ކުރަމުން އެބަދަން. މިހާތަނަށް ހަރުކުރި އެފަދަ ކަނދުފަތިތައް ކުރު މުއްދަތެއްގެ ތެރޭގައިވަނީ  ކަނޑައިގެން ގޮސްފައިފި . އެއީ އޭގެ ޑިޒައިންގެ ސަބަބުން ދިމާވާކަމެއްތޯ، ނޫނީ އެންކަރިން މައްސަލަތޯވެސް މިހާރު ދަނީ  ބަލަމުން

މިނިސްޓަރ ހުސެން ރަޝީދު ވިދާޅުވިއެވެ.  

މިނިސްޓަރު އިތުރަށް  ވިދާޅުވީ އެ މަސައްކަތް މިވަގުތައް ހުއްޓިފައިވަނީ ކަނދުފަތި ހަރުކުރާ ސަރަހައްދުތަކުގެ ކަނޑުއަޑި ސާވޭކުރަން ބޭނުންވާ ބައެއް ތަކެތި ހަލާކުވެފައިވާތީ ކަމަށެވެ. އެހެންކަމުން އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަލަށް އަޅާ ކަނދުފަތިތައް އަޅާނީ އެ ސަރަހައްދުގެ ކަނޑުއަޑި ރަނގަޅަށް ސާވޭކޮށް ނިންމުމަށްފަހުކަމަށް ހުސެން ރަޝީދު ވިދާޅުވިއެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވީހާވެސް ބޮޑަށް ރޮޒެއިނާއަށް ތާއިދުކޮށް ރޮޒެއިނާއަށް ވޯޓްދެއްވާ- ހިޝާމް

އަޅުގަޑުމެންގެ މުޖުތަމައުގެ ހަމަހަމަކަމާ އަމާންކަން އަދި  އިޖްތިމާއީ ފޭރާން  ގާއިމްކުރުމަށްޓަކައި ސިޔާސީ ފިކުރުން އެއްކިބާވެގެންތިބެ ވީހާވެސް ބޮޑަށް ރޮޒެއިނާއަށް ...

އެމްއެމްޕީއާރުސީގެ ޚިޔާނާތް

ރަށްތަކާ ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ރަށްޔިތުންގެ މަޖިލުހުގެ ބައެއް މެމްބަރުންނަށްވެސް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ...

މީދޫ – ހިތަދޫ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެނީ

މީދޫ 20 އަހަރުން ދަށުގެ  ޓީމަކާއި  ހިތަދޫ  20 އަހަރުން ދަށުގެ ޓީމަކާއި  ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ...