ރައީސުގެ އަނބިކަނބަލުން، ތުރުކީގެ ރައީސްގެ އަނބިކަނބަލުން ނެރުއްވި “މައި ޓްރެވަލްސް ޓު އެފްރިކާ” ފޮތް ނެރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ނިއުޔޯކް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނެ އެރޑޮގަން ނެރުއްވި “މައި ޓްރެވަލްސް ޓު އެފްރިކާ” ފޮތް ނެރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގެންފިއެވެ.

ނިއުޔޯކް ސިޓީގައި ހުންނަ ޓަރކިޝް ހައުސްގައި ބޭއްވެވި މި ޙަފްލާގައި ޤައުމުތަކުގެ ވެރިންގެ އަނބިއަނބި ކަނބަލުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތައް ތަމްސީލުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން ލިޔުއްވާފައިވާ މިފޮތަކީ އެކަމަނާގެ މަންމާފުޅަށް ޚާއްޞަކޮށްގެން 2014 އާއި 2020 ދެމެދު އެކަމަނާ އެފްރިކާއަށް ކުރެއްވި ޒިޔާރަތްތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ. މިފޮތުން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ އެފްރިކާގެ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ. މަޖީދުގެ ޖަނާޒާ މިއަދު ލަންކާގައި ބާއްވަނީ

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ...

ނަމާދުގެ ޖަމާއަތުގައި ގައިދުރުކުރުމާއި ގުނޫތު ކިޔުން ހުއްޓާލަން އަންގައިފި

މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވިފައި ވާތީ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ކިޔަމުންއައި ޤުނޫތު ...

ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު އާއްމުކުރި މައްސަލަ ސީރީއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި

ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު ...