ސްޕެނިޝްލީގު: ސެވިއްޔާ އަތުން ބާސާއަށް ހަނި މޮޅެއް

ސްޕެނިޝް ލަލީގާގައި ސެވިއްޔާއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ.

ރޭ ބާސެލޯނާގެ ދަނޑުގައި ކުޅެވުނުމި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1 ލަނޑު 0 ލަނޑު ގެ ނަތީޖާއިންނެވެ.

މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، 76 ވަނަ މިނެޓުގައި ސެވިއްޔާގެ ޑިފެންޑަރ ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ބާސާގެ އޭރިއާތެރެއަށް ފެރާން ޓޯރޭސް ހުރަސްކުރި ބޯޅަ ލެމީން ޔަމާލް ބޮލުން ޖެއްސި ވަގުތު އެ ބޯޅަ ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭ ރާމޯސް ފައިގައި ޖެހިފައިގޮސް އެ ބޯޅަ ވަނީ ބައިކޮޅަށެވެ.

މި ނަތީޖާއާއިއެކު އަށް މެޗުން 20 ޕޮއިންޓް ހޯދައި ބާސާ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މިވަގުތު ދެވަނާގައި ޖިރޯނާ އޮތީ ހަތް މެޗުން ލިބުނު 19 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ ހަތް މެޗުން 18 ޕޮއިންޓެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ހޯދާފައެވެ. މިގޮތުން ބާސާގެ ޕޯޗުގަލް ފޯވާޑް ޖޯ ފެލިކްސްއަށް ސެވިއްޔާގެ އޭރިއާތެރެއިން ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި ސެވިއްޔާއަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އޮކަމްޕޮސްއަށެވެ. ބާސާގެ އޭރިއާތެރެއިން ހުހަށް ހުރެ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި ސަލާމަތްކުރީ ބާސާގެ ޒުވާން މިޑްފީލްޑަރ ގަވީއެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ބާސާއަށް ކުޅެމުން އަންނަ ރަފީނިއާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މިވަގުތު ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރީއާއި މި ސީޒަންގައި ބާސާގެ މެދުތެރޭ މޮޅަށް ކުޅެމުން އައި ޑި ޖޮން ވެސް ހުރީ އިންޖަރީގައެވެ.

މިރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިގެންދާނެއެވެ. މިރޭ ރެއާލްއާއި ޖިރޯނާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގައެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް 2018 : ފައިނަލަށް ތައްލިހިއާއި ޑީކޭ

ހުޅުދޫގައި މިހާރު ބާއްވަމުންދާ  “މިނިވަންކަޕް ފުޓްސަލް މުބާރާތު”ގެ ފައިނަލަށް ތައްލިހި އާއި ޑީކޭ ދަތުރުކޮށްފި އެވެ. މި ދެ ...

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާލަންޑަށް

ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރސިޓީގެ ފޯވަޑް އާލިން ހާލާންޑް ހޯދައިފިއެވެ. ...

ވޮލީ ކުޅެން ހުއްޓާ ދިވެއްސަކު ނިޔާވެއްޖެ

އދ. އަތޮޅުގެ ޒޯނު މުބާރާތުގެ މެޗުގައި އދ. ދިއްދޫގެ ރައްޔިތުންގެ ގުޅުމާއި ދަނގެތި އަންވާރު ސްޕޯޓްސް ކްލަބް ބައްދަލުކުރި ...