ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާލަންޑަށް

ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރސިޓީގެ ފޯވަޑް އާލިން ހާލާންޑް ހޯދައިފިއެވެ.

ނޯވޭގެ 23 އަހަރުގެ ޒުވާން ފޯވަޑް ހާލާންޑް ވަނީ ނިމިގެންދިޔަ ސީޒަނުގައި މެންޗެސްޓަރސިޓީގައި މޮޅު ކުޅުމެއް ދައްކައި 52 ގޯލް ޖަހާފައެވެ.

ނިމިގެންދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާލާންޑް ހޯދާފައިވަނީ، އޭނާއާ އެއްޓީމަކަށް ކުޅެމުން އަންނަ ކެވިން ޑިބުރޭނާ، ޖޯން ސްޓޯންގެ އިތުރުން އާސެނަލްގެ ބުކާޔޯ ސާކާ، މާޓިން އޮޑެގާޑު އަދި ސްޕާސްގެ ހަރީ ކޭން ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ހާލާންޑާއެކު އެހީތެރިކަމާއެކު މެންޗެސްޓަރ ސިޓީން ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގް، އެފްއޭކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސްލީގުވެސް ހޯދާފައެވެ.

ޔޫއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް  ލިބުމާ ގުޅިގެން ހާލާންޑް ބުނީ ނިމިގެންދިޔަ ސީޒަނަކީ އޭނާ އަށާއި ޓީމަށް ވަރަށް ކާމިޔާބު ސީޒަނެއް ކަމަށާއި، މިއީ ގަބޫލުކުރަންވެސް ދަތި އަދި ކުރިން ފެންނާނެ ކަމަށް އުއްމީދުކުރި މަންޒަރެއްވެސް ނޫންކަމަށެވެ. މިއީ މުޅި ޓީމުގެ މަސައްކަތް ފާހަގަކޮށް، ހާލާންޑު ވަނީ އޭނާއަށް ވޯޓު ދިން އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

މިއީ ލިބިގެންދިޔަ ވަރަށްބޮޑު ޝަރަފެއް.ހުރިހާ އެންމެނަށްވެސް ވަރަށްބޮޑަށް ޝުކުރު އަދާކުރަން

ހާލާންޑް ބުންޏެވެ.

ބޭނުންވަނީ މި ސީޒަނުގައިވެސް ލިބުނު އެ ކާމިޔާބީ ތަކުރާރުކުރަން ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް މި ސީޒަނުގައި ކުރަމުންގެންދާ މަސައްކަތް އަދި ފެންނަމުންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

ޖަރުމަނުވިލާތުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ހާލާންޑް މެންޗެސްޓަރ ސިޓީއަށް ބަދަލުވީ 2022 ވަނަ އަހަރު 51.2 މިލިއަން ޕައުްނޑުގެ އަގަކަށެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދީ އާސެނަލްގެ ބުކާޔޯ ސަކާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި އާސެނަލަށް 14 ގޯލު ޖަހައިދިނީ 11 އެސިސްޓްކޮށްދީފަ އެވެ.

ޕީއެފްއޭއިން ހޮވާ “ޓީމް އޮފް ދަ އިޔާ”ގައި ހާލަންޑާއި ސަކާ ވެސް ހިމެނެ އެވެ. މި ޓީމްގެ ގޯލްކީޕަރަކީ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އެވެ. ޑިފެންޑަރުންނަކީ އާސެނަލްގެ ވިލިއަމް ސަލީބާ، ސިޓީގެ ސްޓޯންސް، ރުބެން ޑިއާސް އަދި ނިއުކާސަލްގެ ކެއިރެން ޓްރިޕިއާ އެވެ. މިޑްފިލްޑަރުންނަކީ ސިޓީގެ ޑި ބްރައިނާ، ރޮޑްރީ އަދި އާސެނަލްގެ ކެޕްޓަން އޮޑެގާޑް އެވެ. ފޯވާޑް ލައިނުގައި ތިބީ ސަކާ، ހާލަން އަދި ކޭން އެވެ.

އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. މިއީ ގާޑިއޯލާ އަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

ގާޑިއޯލާ މި އެވޯޑް ހާސިލްކުރީ، ނަޕޯލީ އަށް 33 އަހަރު ފަހުން އިޓަލީ ލީގު ހޯދައިދިން ކޯޗު ލޫސިއާނޯ ސްޕަލޭޓީ އާއި، އިންޓަ މިލާން ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިން ސިމިއޯނީ އިންޒާގީ ފަހަތަށް ޖައްސާލައިފަ އެވެ.

ބުރަކަށީގެ ސާޖަރީއަކަށް ފަހު މުޅިން ރަނގަޅު ނުވާތީ، އެވޯޑް ހަފްލާގައި ގާޑިއޯލާ ބައިވެރިއެއް ނުވެ އެވެ.

ޔޫއެފާ އިން ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ ސްޕެއިން އާއެކު މިދިޔަ މަހު އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކުރި އަައިޓާނާ ބޮންމަޓީ އެވެ. އޭނާ ވަނީ ބާސެލޯނާ އާއެކު މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ވެސް ކާމިޔާޞު ކޮށްފަ އެވެ.

އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ މިއަހަރުގެ ވޯލްޑް ކަޕް ފައިނަލަށް އިންގްލެންޑް ގެންގޮސްދިން ސަރީނާ ވެއިމަން އެވެ. އޭނާ ވަނީ އޭޕްރީލް މަހު ވެމްބްލީގައި ބްރެޒިލް ބަލިކޮށް އިންގްލެންޑަށް ފައިނަލިސިމާ ތަށި ވެސް ހޯދައިދީފަ އެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޝްހޫރު މޮޑެލް މަރިއާނޯ ޑި ވާއިއޯ ރާއްޖޭގައި

އިޓަލީގެ މަޝްހޫރު މޮޑެލް އަދި ފެޝަން ބްލޮގަރ މަރިއާނޯ ޑި ވާއިއޯ  ރާއްޖެ އަތުވެއްޖެއެވެ. މަރިއާނޯ  ޗުއްޓީ ހޭދަކުރަނީ ...

ޑރ.ޝީނާގެ އަންދާޒާ : 6މަސްދުވަހުގެ ތެރޭގައި 13000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެދާނެ

ކޯވީޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފިޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތޭރަ ...

ހުޅުމާލޭ ފޭސް 2 ކުން އައްޑު އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭ ފޭސް 2 އިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ފުލުހުންގެ އިދާރާއިން މިއަދު ...