ޕީޕީއެމް/ޕީއެންސީން ތާއީދު ކުރާނީ ރިޔާސީ ނިޒާމަށް

ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ތާއީދުކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ބުރުގައި ތާއީދު ހޯދުމަށް ނ. ޅޮއްސަށް ވަޑައިގެން ވާހަކަދައްކަމުންނެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އިދިކޮޅު ދެ ޕާޓީގެ ސިޔާސަތަކީ ކޮންމެ ކަމެއްގައި ވެސް ދިވެހި ޤައުމާއި ދިވެހި ރައްޔިތުން އިސްކުރުން ކަމަށެވެ.

އަދުރޭ ވިދާޅުވީ ނިޒާމީ ވޯޓުގެ ވާހަކަ ދެއްކުން މިވަގުތު މުހިންމު ނޫން ކަމަށާއި މީގެ 16 އަހަރު ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ގޮތް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޭނުން ވަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިއްޔެ މަޖިލީހުން ފާސްކޮށްފައިވަނީ އަންނަ މަހުގެ 30 ގެ ކުރިން ނިޒާމު ބަދަލު ކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުން އެންގުމަށެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޯދައަށް ހަނދު ބަލާއިރު ރައީސް ޔާމީން އޮންނާނީ ޖަލުގައި- ޝިފާޒު

މި އަހަރުގެ ރަމަޟާން މަހަށް ހަނދު ބަލާއިރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް އޮންނަވާނީ ޖަލުގައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ...

މި ސަރުކާރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރިޔަށްދަނީ ޒުވާނުންގެ ބޭނުންތަކަށް އިސްކަންދީގެން-ނާއިބު ރައީސް

މި ސަރުކާރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރިޔަށްދަނީ ޒުވާނުންގެ ބޭނުންތަކާއި އިޙްސާސްތަކަށް އިސްކަންދީގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ...

ގިނަ މަޝްރޫއުތަކެއްގެ ފެށުން މިއަދު ބާއްވަނީ

ސަރުކާރުން ހުޅުމީދޫގައި ފެށުމަށް ހަމަޖެހިފައިވާ ގިނަ މަޝްރޫއުތަކެއްގެ ފެށުން މިއަދު ބާއްވާގޮތައް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ  ސަރުކާރުކާރުން އެމްޓީސީސީއާއި ...