ރޯދައަށް ހަނދު ބަލާއިރު ރައީސް ޔާމީން އޮންނާނީ ޖަލުގައި- ޝިފާޒު

މި އަހަރުގެ ރަމަޟާން މަހަށް ހަނދު ބަލާއިރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް އޮންނަވާނީ ޖަލުގައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އިންޒާރެއް ދެއްވައިފިއެވެ.

ޝިފާޒް މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރާ ކެނޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ

”ރޯދައަށް ހަނދު ބަލާއިރު ރައީސް ޔާމީން އޮންނާނީ ޖަލުގައި“ ޝިފާޒް ވިދާޅުވިއެވެ.

ރައީސް ޔާމީން އަލުން އަނބުރާ ޖަލަށް ދާން ޖެހޭ ކަމަށް ވިދާޅުވަމުން، ޝިފާޒު ވިދާޅުވީ، ރައީސް ޔާމީން އިންޑިއާ އައުޓް ކެންޕެއިން ކުރެއްވިޔަސް ދުވަސްކޮޅަކުން އެމަނިކުފާނު ޖެހޭނީ އިން ވާން ކަމަށެވެ. އަދި ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ އަލުން އިންވާން ޖެހޭ ކަހަލަ ކަންތައްތައް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިޕާޒް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާގެ ރައްޔިތުންނާ ދިވެހި ރައްޔިތުންނާ ޖެއްސުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި މިކަން ކުރުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެ ކަމަށް ޝަިފާޒު ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސާގެ ރައީސްއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއާ ކުލަބުން ބޭރުކުރުމަށް ނޯކޮންފިޑެސް ވޯޓެއް ނެގުމަށް ކުލަބުންގެ މެންބަރުން މަސައްކަތް ފަށާފަވާކަމަށް ބާސެލޯނާގެ ...

ތިލަދުންމަތީގެ އުންމީދުތަކާއި ގުޅިފައިވާ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ...

ވޯލްޑްކަޕް ކޮލިފައިން: އެކުއެޑޯ ބަލިކޮށް ބްރެޒިލް އެއްވަނާގައި

ވޯލްޑް ކަޕް ކޮލިފައިންގައި އެކުއެޑޯ ބަލިކޮށް ބްރެޒިލުން ދެކުނު އެމެރިކާގެ ސަރަހައްދުން ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި ލީޑް ފުޅާކޮށްފިއެވެ.ރޭ ...