އައްޑޫ ސިޓީ ގަމުގައި އެމް.އެން.ޑީ.އެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ބެލުމުގެ ދަށުގައި އޮންނަ ހެލިކޮޕްޓަރުން، ރޭ ކުރިއަށްގެންދިޔައީ ޓެސްޓު ދަތުރުތަކެއްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.

އެމް.އެން.ޑީ.އެފުން މިހެން ވިދާޅުވީ، އެމް.އެން.ޑީ.އެފް ހެލިކޮޕްޓަރ، ރޭގަނޑުގެ ވަޤުތުގައި އާދަޔާ ޚިލާފުގޮތަކަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އެމް.އެން.ޑީ.އެފުން ވިދާޅުވީ، މިއީ ޙަޤީޤަތް އޮޅޭގޮތަށް ދައުރުކުރަމުންދާ ވާހަކަތަކެއްކަމަށެވެ.

ރޭގަނޑުގެ ވަޤުތުތަކުގައި ހެލިކޮޕްޓަރ އޮޕަރޭޓްކުރުމަކީ ސަލާމަތާއި ރައްކާތެރިކަމުގެގޮތުން ބަލާއިރު ނުރައްކާތެރިކަން ބޮޑު ކަމަކަށްވާތީ، ހެލިކޮޕްޓަރގެ އެކިއެކި އިންސްޓްރުމެންޓްސްގެ އޮޕަރޭޝަނަލް ރެޑިނަސް ހިފެހެއްޓުމަށާއި، ޕައިލެޓުން ރޭގަނޑުގެ އޮޕަރޭޝަންތަކަށް އަހުލުވެރިވުމަކީ ޤަވާޢިދުން ކުރަންޖެހޭ ކަމެއްކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.

ވަކިން ޚާއްޞަކޮށް ހެލިކޮޕްޓަރުން ބަލިމީހުން އުފުލުމުގައި ރޭގަނޑުވެސް ދަތުރުތައް ކުރަންޖެހޭތީ، އޮޕަރޭޝަނަލް ރެޑިނަސް ހިފަހައްޓައި، ރޭގަނޑުގެ އޮޕަރޭޝަންތަކަށް ޕައިލެޓުން ފަރިތަވެ އަހުލުވެރިވުމަކީ ހެލިކޮޕްޓަރުން ދަތުރުކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތަށްވެސް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

އެހެންކަމުން ކަނޑައެޅޭ ތާވަލެއްގެ ތެރެއިން ދުވާލާއި ރޭގަނޑުގެ ވަޤުތުތަކުގައި ހެލިކޮޕްޓަރތައް ސްޓޭޝަން ކޮށްފައިވާ، އެމް.އެން.ޑީ.އެފްގެ އޭރިޔާ ކޮމާންޑްތަކުގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންދެއެވެ.

މިގޮތުން އައްޑޫ ސިޓީ ގަމުގައި އޮންނަ އެމް.އެން.ޑީ.އެފްގެ ހެލިކޮޕްޓަރގެ ޓެސްޓް ފްލައިޓެއް މިރޭ ބާއްވާފައިވަނީވެސް މި އުޞޫލުން އެމް.އެން.ޑީ.އެފްއިން ހުއްދަދީގެން، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުންކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދަތުރުކުރާއިރު ވެކްސިން ފުރިހަމަކޮށްފައިވޭތޯ ބަލަނީ

ދަތުރުކުރުމުގެ ކުރިން ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވޭތޯ ބަލާފައި ނޫނީ ހިދުމަތް ނުދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެދިއްޖެ ...

5 އަހަރު ނިމުނުއިރު ފެނަކައިގެ ދަރަނި 4.1 ބިލިއަނުގައި، ކުންފުނި އޮތީ އޮޕްރޭޝަނަށް ބުރޫ އަރާ ހާލަތުގައި

ފާއިތުވި އިތުވި ފަސް އަހަރު ތެރޭގައި ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ...

ޖާމިނުކުރެވޭގޮތް ދަށުކޯޓުގެ އެންމެ ފަނޑިޔާރަކަށް ނޭގޭތީ އެންމެންގެ ވަގުތު ގެއްލޭކަމަށް ވެއްޖެ: ޕީޖީ

ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ...