ރައީސު ސާލިހު ، އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ، ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފޭދުއަށް ކުރެއްވި ދަތުރު ފުޅުގެ ތެރެއިންނެވެ. .

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީއާ އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުއިއްޒު ހުވާކުރާ ރަސްމިއްޔާތު އަރަބި، އިނގިރޭސި އަދި މެންޑަރިން ބަހުން އަޑު އެހޭނެ

މިއަދު ހަވީރު ރާއްޖޭގެ ރައީސްކަމާއި ޑރ. މުއިއްޒު ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތު ދުނިޔޭގެ 3 ބަހަކުން އަޑު އެހޭނެ އިންތިޒާމް ...

ހިތަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީއާއި ހަވާލްކޮށްފި

އައްޑޫ ސިޓީ ހިތަދޫ ކުރީގެ ބަނދަރު ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ. ...

ނިޒާމު ބަދަލުކުރަން ހިޔާލު ހޯދަން ރައީސްވެސް މަރުހަބާ ކިޔާނެ: މަބްރޫކް

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ...