ނިޒާމު ބަދަލުކުރަން ހިޔާލު ހޯދަން ރައީސްވެސް މަރުހަބާ ކިޔާނެ: މަބްރޫކް

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެކަމަށް ތާއީދު ކުރައްވާނެ ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބުރޫކު މިހެން ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން އެމްޑީޕީގެ ބައެއް މެމްބަރުން އިސް ނަގައިގެން، ޕެޓިޝަނެއްގައި ސޮއިކުރުވަން ފެށުމާ ގުޅިގެންނެވެ.

މި ޕެޓިޝަންގައި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހިމެނެއެވެ.

ބަޔަކު އިސް ނަގައިގެން ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ތާއީދު ހޯދުމުގެ މަސައްކަތް ފެށިނަމަވެސް އަދި އެކަމުން ނިކުންނާނެ ނަތީޖާއެއް ދަންނަވަން ދަތި
އެކަމަކު އެކަމަށް ރައީސް ވެސް މަރުހަބާ ކިޔާނެ. ރައްޔިތުންގެ ހިޔާލު އެކަމަށް ހޯދުމަކީ މައްސަލައެއް ނޫން
މަބްރޫކް ވިދާޅުވިއެވެ

މިޕެޓިޝަން ހެދި މީހުންގެ އަމާޒަކީ 100 ދުވަހުގެ ތެރޭގައި އެއްލައްކަ މީހުންގެ ސޮއި ހަމަކުރުމެވެ. މިޕެޓިޝަންގައި ސޮއިކުރުވަން ފެށުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ވީހާވެސް ގިނަ ފަރާތްތައް އެ ޕެޓިޝަންގައި ސޮއި ކުރުމަށް އެދިވަޑައިގެންފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިޕެޓިޝަން އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ ޕެޓިޝަނެކެވެ.

އޮންލައިންނޫސް ” ހަތާވީސް ” އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ ބަޔަކު އިސް ނަގައިގެން ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ތާއީދު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކަމުން ނިކުންނާނެ ނަތީޖާއެއް ދަންނަވަން ދަތި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

“އެކަމަކު އެކަމަށް ރައީސް ވެސް މަރުހަބާ ކިޔާނެ. ރައްޔިތުންގެ ހިޔާލު އެކަމަށް ހޯދުމަކީ މައްސަލައެއް ނޫން،” މަބްރޫކް ވިދާޅުވިއެވެ.

ނަޝީދަކީ އަބަދުވެސް ބަރުލަމާނީ އަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އެކަން ރައީސް ސޯލިހަށް އަންގަވައިފައެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް އެދި ނަޝީދު ވަނީ ރައީސް ސޯލިހަށް މެސެޖެއް ކުރައްވާފައެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގީ 2007ވަނަ އަހަރުއެވެ. އެ އަހަރު ނެގި ވޯޓުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކަ އެމްޑީ މަގާމުން އިސްތިއުފާ ދެއްވައިފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. އިސްތިއުފާ ދެއްވުމަށް    ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ...

ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކްރޮސްރޯޑްސްގެ ސައި ލެގޫންގެ ވޯޓާވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މޫދުގައި މަރުވެފައި ...

އައްޑޫ ސިޓީން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހޮނިހިރު ދުވަހުގެ ...