ފެނަކަ އަކީ ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން: ރައީސް

ފެނަކައަކީ ހަމައެކަނި ކަރަންޓްގެ ހިދުމަތް ދޭން ހަދާފައި އޮތް ކުންފުންޏެއް ނޫން ކަމަށާ ފެނަކަ އަކީ އެކި ރަށްރަށުގައި ފެނުގެ ހިދުމަތާއި، ނަރުދަމާ އާއި، އައިސް ޕްލާންޓްސް ހިންގާ އަދި މަރާމާރު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ބޮޑު ކުންފުންޏެއް ކަމަށާ އެހެންކަމުން ފެނަކަ އަކީ ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެންވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިއްޔެ ( 3 ސެޕްޓެމްބަރ 2023 )  މެންދުރު ހދ. ނޮޅިވަރަމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފެނަކަ އަކީ މާ ބޮޑު ފައިދާއެއްވާ ތަނަކަށް ހަދާކަށް. ވީހާވެސް ގިނަ ބަޔަކަށް ވަޒީފާދީ އެ ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހުނީމާ އަޅުގަނޑުމެންނަށް އެ ނިމުނީ. ފެނަކަ އަކީ އަޅުގަނޑުމެން ކޮންމެހެން ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން. 

ރައީސް ދސޯލިހު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީންގެ  ވެރިކަމުގައި ފަޅުތަކާއި ރަށްތައް ވިއްކައި، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަމުންދިޔަ ކަމަށާއި އަލުން އެ ފުރުސަތު ދީފި ނަމަ، ދެން ހުރި ފަޅުތަކާއި ރަށްތައް ވިއްކާނެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ވޯޓަކީ ރާއްޖޭގެ ތަސައްވަރާ ގުޅިފައިވާ ވޯޓެއް ކަމަށާއި އަނެއްކާވެސް ކުރިން އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާން ކަމަށް ގޮސްދާނެކަމުގެ ބިރު އޮތުމުން ވިސްނުންތެރިކަމާ އެކު ވޯޓު ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިތުރު ފުރުސަތެއް ދީގެން ކަމަށެވެ. އަދި އެހެން ބަޔަކު ވެރިކަމަށް އައިސްފި ނަމަ، އެ ބަދަލު ގެނައުން ހުއްޓުވުމުގެ ބިރު އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

” ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް، ބޮޑުތިލަދުންމައްޗަށް އޮތީ މިހާރަށްވުރެ ބޮޑު އިގުތިސާދީ ޕްލޭނެއް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ 1.5 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ގޮތަށް އެއާޕޯޓު ތަރައްގީކުރުން . އެކަމުގެ ސަބަބުން ޓޫރިޒަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ.”

ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސް ސޯލިހު ވިދާޅުވީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް ވެގެންދާނެ ކަމަށާ އެގޮތުން ނޮޅިވަރަމްގެ ބޮޑެތި މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ހައްދަވައި ދެއްވުމުގެ އިތުރަށް ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހަދާ  ސިއްހީ މަރުކަޒުން ހޮސްޕިޓަލު ފެންވަރުގެ ހިދުމަތްދޭ ގޮތަށް ހައްދަވައި ދެއްވައި ރަށުގެ ޕޮލިސް ސްޓޭޝަން ގެ އާ އިމާރާތް ނިމުމާއެކު ފުލުހުން އިތުރު ކުރުމާއި އަދި ރަށުގެ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ މިސްކިތް އަޅާ ސަރަހައްދުގައި ވަޅުލެވިފައިވާ ކަރަންޓް ކޭބަލްތަކާ ބެހޭގޮތުން ވާހަކަ ދެއްކުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ފެނަކަ ހުޅުމީދޫ ބްރާންޗްގެ ކުރިމަތީގައި ހުންނަ ހުޅުމީދޫ “ޕަބްލިކްވޯކްސް ސާވީސް” ގެ ...

ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް

14 ދުވަސްތެރޭގައި، ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް ކޮށްފިއެވެ. އެގޮތުން، ...

ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު: ނަޝީދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު ...