ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް

14 ދުވަސްތެރޭގައި، ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް ކޮށްފިއެވެ.

އެގޮތުން، ހިލްޓަން އަށް  24  މިލިއަން  ޑޮލަރު  ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް  ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، ސިވިލް ކޯޓުން ނެރުނު  އަމުރުގައި  ބުނެފައިވަނީ،  އެ ހުކުމް ބަދަލުކުރަން ޖެހޭ  ސަބަބެއް ނެތް ކަމަށާއި އެ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއިން ބާކީ ނުދައްކާ ހުރި ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން ޖެހޭނެ ކަމަށެވެ.

ނ. މެދުފުށީގައި ސަން ޓްރެވެލްސްގެ ފަރަތުން ހަދާފައިވާ “އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް” ހިންގުމަށްޓަކާ ހިލްޓަން އާ ހަވާލުކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ.  އަދި،  އެ އެއްބަސްވުން 2013 ވަނަ  އަހަރު އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން  ވަނީ  ކަނޑައަޅައިފައެވެ.

ސަން ޓްރެވެލް ކުންފުނިން ބުނަމުން އައީ ހިލްޓަނުން އެއްބަސްވުުން ގާއިމްކުރީ ރާއްޖޭގެ ޕަބްލިކް ޕޮލިސީއާ ހިލާފަށް ކަމަށެވެ. ނަމަވެސް، އެކަން ސާބިތުކުރެވޭނެ ގާނޫނީ ސަބަބެއް އެ ކުންފުންޏަކަށް ކިޔައިދެވިފައިނުވާ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެއެވެ.

ސަން ޓްރެވެލްސް އަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ކުންފުންޏެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް19- ބޮޑެތި ގައުމުތަކުން ފެށިގެން ކުދި ގައުމުތައްވެސް ކަކޫ މައްޗަށް ތިރިކުރި ބަލި މަޑުކަމެއް

ކޮވިޑް 19 ގެ ނުރައްކާތެރިކަމުގެ ވާހަކައަކީ މިހާރު އާވާހަކައެއް ނޫނެވެ. މިއީ މުޅިދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުން ފެށިގެން ...

ދީނީ ޢިލްމުވެރިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ނާއިބު ރައީސް ޝުކުރު އަދާކުރައްވައިފި

ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ...

ބައިނަލްއަޤްވާމީ ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންފި

ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...