ދަނޑުވެރިން އުފައްދާ ތަކެއްޗަށް އަގު އިތުރު ކުރެވޭނެ ނިޒާމެއް ގާއިމްކުރާނަން: އިލްޔާސް

ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ދަނޑުވެރިން އުފައްދާ ތަކެއްޗަށް އަގު އިތުރު ކުރެވޭނެ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުގައި އއ.ތޮއްޑޫގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

އިލްޔާސް ވިދާޅުވީ، ދަނޑުވެރިން އުފައްދާ ތަކެތިން އިތުރު އެއްޗެތި އުފެއްދުމަކީ ރާއްޖޭގެ ރަށްރަށުގައި ކުރެވޭނެކަމެއް ކަމަށާއި، އެކަން ކުރުމުގައި ދަތިތަކެއް އޮންނަ ކަމަށެވެ. ދަނޑުން އުފައްދާ ތަކެތި ވިއްކުމަށްވުރެ، އެއިން ބައި-ޕްރޮޑަކްޓު އުފެއްދުމުން އޭގެ އަގު ބޮޑުވާކަން ފާހަގަކުރައްވަމުން އިލްޔާސް ވިދޅުވީ ޑިމޮކްރެޓްސްގެ ސިޔާސަތަކީ ދަނޑުވެރިން އުފައްދާ ތަކެއްޗަށް އަގު އިތުރު ކުރެވޭނެ ނިޒާމެއް ގާއިމްކުރެއްވުން ކަމަށެވެ.

advertisement

“މިތަނުގެ ދަނޑުވެރިން އުފައްދާ ތަކެތީގެ އިތުރު ބައި-ޕްރޮޑަކްޓު އުފެއްދުމަށް އެބަ ބޭނުންވޭ ކުޑަ ފެކްޓްރީތަކެއް، ކުޑަ ޕްލާންޓްތަކެއް. އެއީ މަސްވެރިކަމުގައި އަޅުގަނޑުމެން މަސް ޕްލާންޓު ގާއިމްކުރަން، ދަނޑުވެރިންނަށް އެބަޖެހޭ ދަނޑުވެރިން އުފައްދާ ތަކެތީގެ އިތުރު ބައި-ޕްރޮޑަކްޓު އުފެއްދުމަށް ދަނޑުވެރިންގެ ޕްލާންޓުތައް އުފައްދަން.”

އިލްޔާސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި، ތޮއްޑޫގައި ދަނޑުވެރިންގެ ޕްލާންޓެއް ގާއިމް ކޮށްދިނުމަށް އިލްޔާސް ވަޢުދުވެވަޑައިގެންނެވިއެވެ.

އިލްޔާސްގެ ވާހަކައިގައި، ތޮއްޑޫގެ ބިންވެރިންނަށް އެމީހުންގެ ބިން ތަރައްޤީ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން، ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކަރަންޓު އަދި ފެން ބިލް ފަދަ ޔޫޓިލިޓީތަކުގެ އަގު ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މުރާޖައާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުންނަށް 5000 ރުފިޔާ ލިބޭގޮތަށް ޤާނޫނު އިސްލާހު ކުރަނީ

އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 5000 ރުފިޔާ ލިބޭގޮތަށް ފެންޝަނާ ބެހޭ ޤާނޫނަށް ހުށައެޅި އިސްލާހަށް ...

އެމެރިކާގެ ޚާރިޖީ ވަޒީރު އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެއްޖެ

އެމެރިކާގެ ޚާރިޖީ ވަރީޒު މައިކް ޕްމްޕެއޯ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ. ...

އެސްޓީއޯގެ ދަށަށް ބަދަލު ވުމުން ފެނަކައަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ފެނަކައިގެ އެމްޑީ މުއާޒް ވިދާޅުވެއްޖެ

އެސްޓީއޯގެ ދަށަށް ފެނަކަ ބަދުލުވުމުން އެ ކުންފުންޏަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް ...