އެސްޓީއޯގެ ދަށަށް ބަދަލު ވުމުން ފެނަކައަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ފެނަކައިގެ އެމްޑީ މުއާޒް ވިދާޅުވެއްޖެ

އެސްޓީއޯގެ ދަށަށް ފެނަކަ ބަދުލުވުމުން އެ ކުންފުންޏަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މުއާޒު ދެއްކެވި ވާހަކަފުޅުގައި ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުވުމުގެ މަސައްކަތް މިހާރު އޮތީ ޓްރާންސްސިޝަން މަރުޙަލާގައި ކަމަށާއި، އެކަން ނިމި އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުވުމުން ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށެވެ.

އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ފެންވަރު ރަނގަޅުކުރުމަށްޓަކައި ފެނައިގެ ގަވަރނެނެސް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށާއި، ފެނަކައިން އެއްމެ ބޮޑު ހޭދައެއް ކުރަނީ ތެޔޮގަތުމަށް ކަމަށްވާތީ އެސްޓީއޯގެ ދަށަށް ބަދަލުވުމުން އެކަމަށްވެސް ލުޔެއް ލިބިގެންދާނެކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒު ވިދާޅުވިގޮތުގައި ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާލެވޭނީ ޖެނުއަރީ މަހު ކަމަށެވެ. އެހެންކަމުން ޖެނެއަރީމަހުންފެށިގެން ފެނަކަ ހިނގަމުންދާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ހުޅުމާލެ ރެހެންދީ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 2 ދަރިވަރަކާއި އެސުކޫލްގެ މުދައްރިސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ. ” ފެށުން ” ...

ރާއްޖެއިން ކޮވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވްވެ 98 މީހުން ވަނީ ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1916އަށް އަރައިފިއެވެ. އަދި މީގެ ...

އައްޑޫ ސިޓީ އެކްސިޑެންޓް: އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ފޮނުވައިލަނީ

އައްޑޫ ސިޓީގެ ހިތަދޫގައި އިއްޔެ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ...