ބީއެމްއެލްގެ އެހީގައި ކިނބިދު އާއި ލަންދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ބ. ކިނބިދު އާއި ނ. ލަންދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލައިފި އެވެ.

އެ ފަންޑްގެ އެހީގައި ކިނބިދޫގައި ވަނީ ކޮމިއުނިޓީ ޕިކްނިކް ސަރަހައްދެއް ހަދައިފަ އެވެ. ރަށުގެ ރައްޔިތުންނާއި ކިނބިދޫ ސްކޫލު ކުދިންނަށް ބޭނުން ކުރެވޭނެހެން މި ސަރަހައްދުގައި ވަނީ ހަޓް، ޖޯލި، ބެންޗު އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފައެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އައިޝަތު ސަމާ ވިދާޅުވީ އެ ރަށުގައި މޫދަށް އެރުމަށް ހާއްސަ ބީޗު ސަރަހައްދެއް ނެތުމުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްއުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކަށް އާންމު ގޮތެއްގައި ކައިރި ރަށްރަށަށް ދަތުރުކުރަން މަޖުބޫރުވާ ކަމަށެވެ.

“މި ސަރަހައްދު ތަރައްގީވުމާއެކު، މިއީ އެންމެނަށްވެސް ބޭނުންކުރެވޭނެ ތަނެއް.”

ކޮމިއުނިޓީ ފަންޑުގެ އެހީގައި ލަންދޫގައި ވަނީ ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކޮށްފައެވެ. މި ސަރަހައްދުގައި ވަނީ ބެންޗު، އުނދޯލި، އަދި ހަޓު ބަހައްޓާފައެވެ. މި ބާބަކިއު ސަރަހައްދުގައި މިނީ ލައިބްރަރީ އަކާއެކު ކެންޓީނެއް އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ވަނީ ގާއިމްކުރެވިފައެވެ.

ކޮމިއުނިޓީ ފަންޑު ޕްރޮޕޯސަލް ކާމިޔާބު ކުރި އަހުމަދު ރަޝީދު ވިދާޅުވީ މި ބާބަކިއު ސަރަހައްދު ހެދުމުގެ އެންމު ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. އޭނާ ވަނީ މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ހިތަދޫ– އެކުވެރިކަމުގެ މެޗް ބޮޑުތަފާތަކުން ހިތަދޫ ކާމިޔާބުކޮށްފި

މީދޫޓީމަކާ ހިތަދޫ ޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ  ފުޓްބޯޅަމެޗް ހިތަދޫޓީމް ކާމިޔާބުކޮށްފިއެވެ. ޔާސީންގެ ކޯޗްކަމުގެ ދަށުގައި ހުކުރު ދުވަހު ...

ޑިބުރެއިނާ ގެ ކިބައިން ރުޑިގާރ މާފަށް އެދިއްޖެ

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކެވިން ޑިބުރެއިނާ އަށް ލިބުން އަނިޔާ އަށް މާފަށް އެދޭކަމަށް ޗެލްސީގެ ޑިފެންޑަރ އެންޓޯނިޔާ ...

ޝާހިދު އާއްމު މަޖިލީހުގެ ރިޔާސަތާއި މިރޭ ހަވާލުވަނީ

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައެޅުމަށްޓަކައި ނެގި އިންތިހާބު ކާމިޔާބު ކުރެއްވި ރާއްޖޭގެ ...