މެންބަރު ޔާސިރާއި ކުޅުދުއްފުށި ސިޓީ ކައުންސިލް އަނެއްކާވެސް އެމްޑީޕީއަށް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީން ކުރި ޓުވީޓެއްގައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ⁦‪ޔާސިރު ލަތީފް އާއި‬⁩, އެ ސިޓީގެ މޭޔަރ ⁦‪އަދި‬⁩, ޑެޕިއުޓީ މޭޔަރަ އަދި 3 ކައުންސިލަރުން ސޮއި ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ އަކްރަމް މުޙައްމަދުވެސް އަލިން އެޕާޓީއާއި ގުޅިފައިވާ ކަމަށެވެ.

މެމްބަރު ޔާސިރު އެމްޑީޕީ ދޫކޮށްލެއްވީ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ ދުރުގައި އުޅުއްވުމަށްފަހު އެވެ. ސޮއިކުރެއްވި މެންބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ އިސްވެރިން ބައިވެރިވި އެވެ.

މި ފަސް އަހަރުގެ ތެރޭ ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް އެދެވޭ ބާރުމިނެއްގައި ކުރިއަށް ގޮސްފައިނުވާކަމަށް ބުނެ އެޕާޓީ ދޫކޮށް ދިޔަތާ މާގިނަ ދުވަސްތަކެއް ވެފައިނުވާއިރު، އަލުން އެމްޑީޕީއަށް ސޮއިކުރެއްވި ސަބަބު ސާފެއް ނުވެ އެވެ.

މެންބަރު ޔާސިރާއި ހުރިހާ ކައުންސިލަރުން އެމްޑީޕީން ވަކިވެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު އެވެ.


advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޑަކުދިންގެ ހަވީރާއެކު އުފާވެރި ވަގުތުކޮޅެއް

މިދިޔަ ހޮނިހިރުދުވަހަކީ ހުޅުދޫގައި ކުޑަކުދިންނަށް  ހާއްސަ ދުވަހެކެވެ. އެ ދުވަހު އެރަށުގައި މީގެ ކުރިން ފާހަގަނުކުރާ ވަރުގެ ބޮޑުކޮށް ...

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ރާއްޖޭގެ އަޒްނީނަށް ރަން މެޑެލް

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ...

އައްޑޫ ސިޓީ އިން އިތުރު 16 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ އިން އިތުރު 16 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ...